ads
މުސާރަ ކުޑަކަމަށް ބުނެ ސިވިލް ކޯޓުގެ މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް ނުކުމެ
މުސާރަ ކަންތައް ހައްލުކޮށްފިން، މިމަހު ލިބޭނީ ބޮޑުކޮށް: ރައީސް
މުސާރަ ހާމަނައިޒްކުރުމުން ބައެއް މީހުންނަށް ދިމާވި މައްސަލަތައް މިހާރު ހައްލުކޮށްފައިވާކަމަށާއި މިމަހު މުސާރަ ލިބޭއިރު ޖުމްލަކޮށް އެންމެނަށް ބޮޑުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޕޭ ކޮމިޝަނުން މުސާރަތައް ހާމަނައިޒްކުރިއިރު އެންްމެ އެދެވޭގޮތަށް ނުވަތަ ގެއްލުންތަކެއް ލިބުނު މުވައްޒަފުންތަކެއް ތިބިކަމަށެވެ. އަދި އެއީ ހަގީގަތެއްކަމަށްވެސް ރައީސްް މުއިއްޒު މިއަދު ވިދާޅުވިއެވެ. 

" އަޅުގަނޑު ނިންމީކީ އެހެންނެތް ނޫން ދެެއްތޯ. އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ވީ ވައުދަކީ މުސާރަ ބޮޑުކުރުން. އެހެންނަމަވެސް އަޅުގަނޑަށް މި ފާހަގަވީ އެކި ސަބަބުތަކާއި ހެދި ޕޭ ކޮމިޝަނުން ޕޭ ހާމަނައިޒްކުރި އިރުގައި މުސާރަ ބޮޑުނުވެ އެހެންނަމަވެސް ކުޑަވެސްވި ބައެއްް ފަރާތްތައް ތިބިކަން ވަނީ އެނގިފައި." ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އެ ހުރިހާ މައްސަލައެއް މިހާރު ހައްލުކޮށް ނިމެމުން އަންނަކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" މިފަހަރު މުސާރަ ލިބޭއިރު ޖުމްލަކޮށް ވަން އޮފް ވަކިވަކި އިންޑިވިޑުއަލް ކޭސް ނުހުންނާނެ ވާހަކައެއް ނޫން. އެކަމު ޖުމްލަކޮށް މިހަކަހަލަ މުސާރަ މައްޗަށް ނުގޮސް ތިބި ފަރާތްތަކުގެ މައްސަލަ ހައްލުވާނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

 މުސާރަކަަށް ބަދަލުގެނައިރު އެންމެ ބޮޑު ގެއްލުންތަކެއް ވީ ތަންތަނުގެ އެޗްއާރުގައި މަސައްކަތް ކުރާ މުވައްޒަފުންކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި ޝަރުއީ ދާއިރާއާއި ކައުންސިލްްތަކުގެ މުވައްޒަފުންނަށްވެސް އެކަން ވަރަށް ބޮޑަށް ދިމާވިކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;