ads
އަދަދު ނޫހުގެ ނޫސްވެރިޔާ ރައީސް އޮފީހުން ނެރެނީ
ޑޮކިއުމެންޓަރީއާ ގުޅޭ ސުވާލެއް ކުރުމުން ނޫސްވެރިޔާ ރައީސް އޮފީހުން ނެރެފި
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީއާ ގުޅޭ ސުވާލެއް ކުރުމުން އެ ނޫސްވެރިޔާ ރައީސް އޮފީހުން ނެރެފި އެވެ.
Advertisement

މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނުސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން ސުވާލުކުރީ އެ ނޫހުގެ ނޫސްވެރިއެކެވެ. އޭނާ ސުވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މައްސަލާގައި އެކަމުގައި ހިމެނޭ މުވައްޒަފާއި އެކި ފަހަރު ގުޅި ކޯލް ލޮގެއް ލިބިފައިވާކަމަށެވެ. އަދި އެ ލޮގުން ވަރަށް ދަންވަރުގެ ވަގުތުތަކާއި ފަތިހުގެ ވަގުތުތަކުގައި ގުޅޭފައިވާކަނ އެނގޭކަމަށެވެ. އެހެންކަމުން އެކަމާއި ވިދާޅުވަނީ ކީކޭތޯ ނޫސްވެރިޔާ ވަނީ ސުވާލު އުފައްދާފައެވެ. 

އެކަމަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ނޫސްވެރިޔާ ރާއްޖޭ ކޯޓަކުން ނެރެފައިވާ އަމުރަކާއި ހިލާފުވެފައިވާކަމަށާއި އެހެންކަމުން ރައީސް އޮފީހުން އެ ނޫސްްވެރިޔާ ނުކުނަން ވަނީ އަންގަވާފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތަކީ ދޮގު ތުހުމަތުތަކެއްކަމަށްވެސް ރައީސް މުއިއްޒު މިއަދުވެސް ވަނީ ވިދާޅުވެފައެވެ. 

" ކޯޓުން އެ އޮތީ ގޭގް އޯޑަރެއް ނެރިފައި، ޝަހްޒާން މިހާރު ތިވަނީ ކޯޓް އަމުރާއި ހިލާފުވެފައި. އެހެންވީމާ އަޅުގަނޑު އެދެނީ ޝަހްޒާން މި މާލަން ދޫކޮށް ނުކުމެވަޑައިގަންނަވަން. ކަނޑައެޅިގެ ދޮގު ތުހުމަތު އަޅުގަނޑުގެ ބޮލުގައި ތި އަޅުވަނީ. ތީ އެއްގޮތަކަށްވެސް އަޅުގަނޑު ބަލައިގަންނަ ކަމެއްނޫން. މި މާލަމުގައި ކޯޓް އަމުރަކާއި ހިލާފަށްް ކަމެއް ނުކުރެވޭ. ރޯލް އޮފް ލޯ ރައީސް އޮފީސް ތެރޭ ހިފަހެއްޓޭނެ. ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޑޮކިއުމެންޓަރީ މައްސަލާގައި ކްރިމިނަލްކޯޓުން އިއްޔެ ވަނީ އެންމެންގެ މައްޗަށް އަމުރެއް ނެރެފައެވެ. އެ އަމުރުގައި ވަނީ މިމައްސަލާގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދައުވާ ކުރެވިގައިވާ ހާދިސާއާ ގުޅޭ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ.

އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށްވެސް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެއިތުރުން މި މައްސަލައިގެ ޝަރީއަތް އާއްމުކޮށް ހުޅުވާލާ ސިއްރުކޮށްގެން ގެންދާތީ މައްސަލަގައި ހުށައާޅާގައިވާ ލިޔުންތަކާއި ޝަރީއަތުގެ ވާހަކަތައްވެސް ނުފެތުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

އަމުރުގައި ނުކުރަން އަންގާފައިވާކަމެއް ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމަށް ބެލިދާނެކަމަށްވެސް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވެއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މި އަމުރު ނެރުނީ ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރެއް ނެރެދޭން ދައުލަތުން އިއްޔެ އެދުމާ ގުޅިގެންނެވެ.

މި މައްސަލައިގައި އަދަދު ނޫހުގެ ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.

އެ މައްސަލައިގެ ތަހުގީގަށް ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުކުރުމުން އެ ދެ މީހުުން ވެސް ހިޔާރުކުރީ ހަނު ތިބުމަށެވެ.

ޑޮކިއުމެންޓްރީގެ މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ސިޔާސީ މުވައްޒަފެއް ކަމަށްވާ އީޝާ އަޝްރަފް ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;