ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ކިހާދޫ ކުޑަކުދިންގެ ޕާކަށް ފުރިހަމަ ކަމެއް
18 ޑިސެމްބަރ 2019 - 14:22:48
ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ބ. ކިހާދޫ ކުޑަކުދިންގެ ޕާކުގަައި ކުދިން ކުޅޭ ސާމާނު ބަހައްޓައި އެ ޕާކް ބޭނުން ކުރަން ފަށައިފިއެވެ.
ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފް ކުރި "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ބ. ކިހާދޫ ކުޑަކުދިންގެ ޕާކުގަައި ކުދިން ކުޅޭ ސާމާނު ބަހައްޓައި އެ ޕާކް ބޭނުން ކުރަން ފަށައިފި އެވެ.
ކިހާދޫ ޕާކު ތަރައްގީ ކޮށްފައިވަނީ ސެލްފް ސޯލާ ލައިޓް ހަރުކޮށް ތިމާވެއްޓާއި ރައްޓެހި ޕާކެއްގެ ގޮތުގަ އެވެ. އެގޮތުން ޕާކު އަލިކުރުމަށް އިތުރު ކަރަންޓެއް ބޭނުމެއް ނުކުރާނެ އެވެ.
މިއީ ކޮމިއުނިޓީ ފަންޑުގެ ދެވަނަ ކުއާޓަރުގައި ހޮވުނު ފަސް ޕްރޮޖެކްޓްގެ ތެރެއިން އެއް ޕްރޮޖެކްޓެވެ. ކިހާދޫ ގައި ތަރައްގީ ކުރެވިގެންދިޔަ ކުޑަކުދިންގެ ޕާކަކީ ކިހާދޫ އަށް ނިސްބަތްވާ ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ އާއި ކިހާދޫ ކައުންސިލް އިސްނަގައިގެން އެރަށުގެ ކުޑަކުދިންނަށް ހެލިފެލިވެ އުޅުމަށާއި، ކުޑަކުދިންނާ ގުޅޭ އެކިއެކި ހަރަކާތްތައް ހިންގުމަށާއި މައިންބަފައިން ދަރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށް ގާއިމުކުރެވުނު މާހައުލެކެވެ.
އެގޮތުން އެ ޕާކުގެ ވަށާ ފާރުގައި ހަރުކުރުމަށް ބޭނުންވާ ސެލްފް ސޯލާ ލައިޓާއި މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ބޭނުންވާ ކުޑަކުދިންގެ ކުޅޭ ސާމާނު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
"ބީއެމްއެލް ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކާއި މާލީ ގޮތުން ދިމާވެފައިވާ ދަތިތަކާ ގުޅިގެން މަޑުޖެހިފައިވާ މިފަދަ ޕްރޮޖެކްޓްތަކަށް އަޅުގަނޑުމެނަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބޭންކުގެ އަމާޒަކީ ރަށްރަށުގެ ތަރައްގީ އަށް ކޮމިއުނިޓީ ފަންޑުގެ އެހީގައި މިފަދަ ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކު ނިންމާލެވުން." ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.
ކިހާދޫ ޑިވަލޮޕްމަންޓް ސޮސައިޓީގެ ފަރާތުން އިބްރާހިމް ވަސީމް ވިދާޅުވީ އެ ޕާކުވެގެން ދާނީ ކިހާދޫގެ ކުޑަކުދިންނަށް ލިބޭ ވަރަށް ބޮޑު ހަދިޔާ އަކަށް ކަމަށެވެ. އެގޮތުން އާއިލާއާއެކު އެކުދިން އުފާވެރިކަމާއެކު ކުޅިވަރު ކުޅެލާނެ ރައްކާތެރި މާހައުލެއް ގާއިމުކުރެވިގެންދާނެ ކަމަށް ވަސީމް ވިދާޅުވި އެވެ.
"މިއީ ކިހާދޫ ޑިވަލޮޕްމަންޓް ސޮސައިޓީ އާއި ކިހާދޫ ކައުންސިލްއިން އިސްނަގައިގެން ކުރިޔަށް ގެންދަން މަސައްކަތް ފެއްޓި ޕްރޮޖެކްޓެއް. އެގޮތުން އެކިފަރާތްތަކުގެ އެހީގަ ވަރަށް ގިނަ މަސައްކަތް ކުރެވިގެންދިޔަ. ނަމަވެސް މާލީ ދަތިތަކާއެކު ޕާކް ހުޅުވަން ބޭނުންވާ، ފިނިޝިންގެ މަސައްކަތްތައް ނުކުރެވިފަ ތިބީ. ބީއެމްއެލްގެ އެހީތެރިކަމާއެކު އަޅުގަނޑުމެންނަށް މި ޕާކް ހުޅުވޭ ހިސާބަށް މިދެވުނީ." ވަސީމް ވިދާޅުވި އެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ޕްރޮޕޯސްލަތަކެކެވެ.
މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް