ads
ހަފްތާ ބަންދުގައި ވާރޭ ވެހި ވައިގަދަވާނެކަމަށް މެޓް އިން ލަފާކުރޭ
މިރޭވެސް ބޯކޮށް ވާރޭވެހި ވައިގަދަ, އެލާޓްގެ ވަގުތު ދަންމާލައިފި
މިރޭވެސް ބޯކޮށް ވާރޭވެހި ވައިގަދަ ވާނެތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެލާޓް ނެރެފިއެވެ.
Advertisement

މެޓް އޮފީހުން އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިންގެން އައްޑު ސިޓީއާ ހަމައަށެވެ. ހަވީރު 05:30 އާ ހަމައަށް ނެރެފައިވާ އެލާޓް މިހާރު ވަނީ މިރޭ 22:30 އާއި ހަމައަށް ދަންމާލާފައެވެ. 

މެޓުން ބުނީ އެ ސަރަހައްދުގެ ރަށްރަށަށް އާންމު ގޮތެއްގައި ވައި ޖެހޭނީ ގަޑިއަކު 19 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ކަމަށް މެޓް އޮފީހުން ނެރުނު އެލާޓްގައިވެއެވެ. 

މީގެއިތުރުން މެޓުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މެޓުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;