ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި މިހާރުވާ ގޮތުން އެލްޖީއޭގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވެދިނުމަށާއި އޮތޯރިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށްޓަކައި އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ދީފައިވަނީ އޮތޯރިޓީގެ ބޯޑަށެވެ.
އެ ނިންމުން ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށައެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ އެވެ.
އޭނާ ގާނޫނަށް ގެނަން ހުށައެޅި ބަދަލުގައިވާ ގޮތުން އެލްޖީއޭއަށް މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ ލަފާގެ މަތިން ސިވިލް ސާވިސްް ކޮމިޝަނުންނެވެ. އަދި މުވައްޒަފުން އައްޔަންކރުމާއި ވަކިކުރުމުގެ އިތުރުން މުވައްޒަފުންނާއި ގުޅޭ އެނޫންވެސް ކަންކަމުގައި ޒިންްމާދާރު އިސްވެރިޔާގެ މަގާމު އަދާކުރާނީވެސް އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރެވެ.
މި ބަދަލާއި އެކު މުވައްޒަފުންގެ އޮނިގަނޑެއް ހަދާ 30 ދުވަހުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަނަށް ހުށައަޅަން ޖެހެއެވެ. އަދި އެ އޮނިގަނޑު ހުށައަޅާާތާ 60 ދުވަހުގެ ތެރޭގައި މުވައްޒަފުންގެ މުސާރަތައް ޕޭ ކޮމިޝަނުން ކަނޑައަޅާ 60 ދުވަހުގެ ތެރޭގައި މުވައްޒަފުން އެ މަގާމުތަކަށް ބަދަލުކޮށް ނިންމަންޖެހޭކަމަށްވެސް ސަރުކާރުން ހުށައެޅި އިސްލާހުގައިވެއެވެ.
ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު ނިމާލްއެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ 5 އޮގަސްޓް 2024 ގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;