ads
މިނިސްޓަރު މުއްތަލިބް
ބޭރު އެހީގައި މާލޭ ސަރަހައްދުގައި 4900 ފްލެޓް އެޅުމުގެ މަސައްކަތް އެބަ ހިނގާ: މުއްތަލިބް
ބޭރުގެ ތިން ގައުމެެއްްގެ އެހީގައި 4900 ފްލެޓް އެޅުމުގެ މަސައްކަތް ހިގަމުން އަންނަކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ޗައިނާއާއި، ސައުދީ އާއި އިންޑިއާގެ އެހީގައި ފްލެޓްތައް އެޅުމަށް މިހާރު ފައިސާގެ ހުރިހާ ކަމެއް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އެ ތިން ގައުމުގެ އެހީގައި 4900 ފްލެޓް އެޅުމަށް ނިންމާފައިވާކަމަށް މުއްތަލިބް ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ފައިސާ ހަމަޖެހިފައިވަނީ ޗައިނާގެ އިންޓްރެސްޓް ފްރީ ލޯނެއްގެ ދަށުން 500 ފްލެޓާއި ސައުދީ ފަންޑުގެ އެހީގައި އަޅާ 400 ފްްލެޓާއި އަދި އިންޑިއާގެ އެލްއޯސީގެ އެހީގައި ގުޅިފަޅުގައި 4000 ހައުސިން ޔުނިޓް އެޅުމަށްވެސް ހުރިހާކަމެއް ހަމަޖެހިފައިވާކަމަށް މިނިސްޓަރު  މުއްތަލިބް ވިދާޅުވިއެވެ. 

" މި ދެންނެވި ބޭރުގެ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކަކީ ވަކި އުސޫލެއްގެ ދަށުން އެ ގައުމުތަކުން ކަނޑައަޅާފައިވާ ގަވައިދުތަކާއި ގާނޫތަކުގެ ތެރެއިން ހިނގާ ކަންތައްތަކަށްވާތީވެ އަޅުގަނޑުމެން ބޭނުންވާހާ އަވަސް ސްޕީޑެއްގައި ނުދިޔަ ނަމަވެސް މީ ފައިސާ ހަމަޖެހިފައި ހުރި އެއްޗެހިތަކެއް." މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މާލޭ ސަރަހައްދުގައި މިހާރު 3260 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށްދާކަމަށެވެ. އަދި އިތުރު 540 ފްލެޓެއްގެ މަސައްކަތް ފެށުމަށް ބީއެމްއެލްއިން ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިނިސްތަރު މުއްތަލިބް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;