ads
މެދުރާއްޖެ ތެރެއަށް މެންދުރުވަންދެން ބޯކޮށް ވާރޭވެހި ގުގުރާނެ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގުގުރުމާއި އެކު ބޯކޮށްވާރޭ ވެހޭނެތީ މޫސުމާއި ބެހޭ ގައުމީ އިދާރާ ( މެޓް) އިން ބުނެފިއެވެ.
Advertisement

މެޓް އޮފީހުން އެލާޓް ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ފ. އަތޮޅުގެ ނިޔަލަށެވެ. އެ އެލާޓްގައި ވަނީ އެ ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައެވެ. އެލާޓް ނެރެފައިވަނީ މެންދުރު 13:00 ޖަހަންދެނެއެވެ. 

މެޓް އޮފީހުން ބުނީ އެލާޓް ނެރެފައިވާ ސަރަހައްދުތައް ނޫން ހިސާބުތަކަށްވެސް މިއަދު ވިއްސަޜަ ވާނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށާއި ރާޅުގެ އުސްމިން 8 ފޫޓަށް އަރާނެކަމަށެވެ. 

މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމްގެ ވިއްސާރަކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;