ads
ހައްްޖުވެރިން އެއާޕޯޓްގައި ފުރަން ގޮސް
ހައްޖަށް މީހުން ފުރާއިރު އެއާޕޯޓް ބާރުބޮޑުވާނެތީ ބަހުގައި އަންނަން އެދިއްޖެ
ދިވެހި ހައްޖުވެރިން ހައްްޖަށް ފުރަން ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓް ބާރުބޮޑުވާނެތީ އެ ދުވަސްތަކުގައި އެއާޕޯޓަށްް ދާން އެއާޕޯޓްް ފެރީ ނޫނީ ބަސް ބޭނުންކުރަން އެމްއޭސީއެލުން އިލްްތިމާސްކޮށްފިއެވެ.
Advertisement

ހައްޖާޖީން ފުރާ ދުވަސްތަކުގައި އެއާޕޯޓް ބާރު ބޮޑުވެދާނެކަމަށްޓަކަކައި ސަމާލުވާން އަންްގާ އެމްްއޭސީއެލުން މިރޭ ވަނީ ޓެރެވަލްް އެޑްވައިޒަރީއެއް ނެރެފައެވެ. 

އެމއޭސީއެލުން ބުނީ ހައްޖުވެރިން ފުރާ ދުވަސްތަކުގައި ގިނަ އަދަދެއްްގެ ބަޔަކު އޭއާޕޯޓަށް އަންނާނެކަމަށް ލަފާކުރެވޭތީ ދަތުރުވެރިން ހާއްސަ ސަމާލުކަމެއް ދިނުން އެދޭކަމަށެވެ. އެގޮތުން ެއެ ދުވަސްތަކުގައި އެއާޕޯޓްގެ ޕާކިންގެ އިތުރުން އެއާޕޯޓްގެ ޓްރެފިކް ބާރު ބޮޑުވެގެންދާނެކަމަށް ލަފާކުރެވޭކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ. 

" މި ދުވަސްތަކުގައި އެއާޕޯޓަށް ވަޑައިގަންނަވާ ފަރާތްތަކުން ފެރީ ނުވަތަ އެއާޕޯޓް ބަސް ބޭނުންް ކުރެއްވުމަށް އިލްްތިމާސްކުރަން." އެމްްއޭސީއެލުން ނެރުނު ޓެރެވަލްް އެޑްވައިޒަރީގައިވެއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ފުރަން ފަށާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. 

ކަލަންޑަރުގައި ވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ. މިފަހަރުވެސް ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް 1000 މީހުން ކޯޓާއެއް ވަނީ ލިބިފަ އެވެ. 

މި އަހަރު ހައްޖުވެރިން މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ ހަތަރު ދުވަހަކަށް ބަހާލައިގެންނެވެ. ހައްޖުވެރިން ޖިއްދާއަށް ދަތުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން އާއި ސައުދީ އެއާގަ އެވެ.  

ދިވެހި ހައްޖުވެރިން ފުރުން އަދި އައުން ހަމަޖެހިފައިވާ ދުވަސްތައް

  • ފުރުން 15 މެއި - އެނބުރި ރާއްޖެ އައުން ޖޫން 5 ގައި / ދަތުރުކުރާނީ ސައުދީ އެއާގައި
  • ފުރުން 17 މެއި - އެނބުރި ރާއްޖެ އައުން ޖޫން 7 ގައި / ދަތުރުކުރާނީ މޯލްޑިވިއަންގައި 
  • ފުރުން 18 މެއި - އެނބުރި ރާއްޖެ އައުން ޖޫން 8 ގައި / ދަތުރުކުރާނީ ސައުދީ އެއާގައި
  • ފުރުން 19 މެއި - އެނބުރި ރާއްޖެ އައުން ޖޫން 9 ގައި / ދަތުރުކުރާނީ މޯލްޑިވިއަންގައި 

މިއަހަރުވެސް ދިވެހި ހައްޖުވެރިން މައްކާގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 21 ދުވަހެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;