ads
ހިޔާ ފްލެޓްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ކޮޓަރިއަށް ބޮޑެތި ގެއްލުންތަކެއް ވެފައި
ހިޔާ ފްލެޓްގެ ކޮޓަރިއެއް ބޭނުންނުކުރެވޭ ވަރަށް އަނދައިފި
ހިޔާގެ ފްލެޓެއްގެ ރޯވެ އެއްކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފި އެވެ.
Advertisement

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް ޓޫ، ހިޔާ ޓަވަރު 8 ގެ 15 ވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމަންޓުގަ އެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. 

މިއަދު ހިނގި އަލިފާނުގެ ހާދިސާގައި، އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. 

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނި ގޮތުގައި މި ހާދިސާގައި އެޕާޓްމަންޓުގެ އެއް ކޮޓަރި އެއްކޮށް އަނދައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވެ އެވެ.

އެންޑީއެމްއޭ އިން އިތުރަށް ބުނީ އެ ގޭގައި ދިރިއުޅޭ ހަތަރު މީހުންގެ އާއިލާއަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;