ads
އާދަމް ޝަރީފާއި ތާރިގު
އާދަމް ޝަރީފު ގަތަރަށް، ތާރިގު ޔޫއޭއީ ސަފީރުކަމަށް
މިދިޔަ ކައުންސިލް އިންތިހާބުނ ސަރުކާރަށް ނާކާމިޔާބީ ލިބުމުން ކުއްލިއަކަށް ވަޒީރުކަމުންް އިސްތިއުފާދެއްވި އާދަމް ޝަރީފު އުމަރާއި ރާތިގު އިބްރާހިމް ސަފީރުކަމަށް އައްޔަންކުރަން ރައްޔިތުން މަޖިލިހަށްް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
Advertisement

ލޯކަލް ކައުންސިލް އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު ސަރުކާރަށް ބަދަލުތައް ގެންނަވާނެކަން ރައީސް މުއިއްޒު އިއުލާން ކުރައްވާފައި ވަނިކޮށް މި ސަރުކާރުގެ ފުރަތަމަ ކެބިނެޓްގައި ހިމެނުނު އާދަމް ޝަރީފާއި ތާރިގު އިބްރާހިމް ވަޒީރުކަމުން ކުއްލިއަކަށް އިސްތިއުފާދެއްވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.  

އެއަށްފަހު އާދަމް ޝަރީފް އުމަރާއި ތާރިގު އިބްރާހީމް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް މިދިޔަ މަހުގެ 27ގައި ވަނީ އައްޔަންކުރައްވާފައެވެ.   

 ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާދަމް ޝަރީފާއި ތާރިގް އިބްރާހިމް ސަފީރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލިހަށް މިއަދު ނަން ފޮނުވާފައެވެ. އާދަމް ޝަރީފު އައްޔަންކުރަން ނިންމާފައިވަނީ ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށެވެ. ތާރިގް އައްޔަން ކުރަން ނިންމާފައިވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށެވެ. 

އެ ބޭފުޅުންގެ ނަން މަޖިލިހަށް ފޮނުވުމުން މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;