ads
މާލޭ ސިޓީއަށް އިންތިހާބުވި މެމްބަރުން
ސިޓީ ކައުންސިލް ހުވާކުރުމަށް މާލޭ ހުރިހާ ރައްޔިތުންނަށް ދައުވަތު ދީފި
އަލަށް އިންތިހާބުވި މާލޭ ސިޓީ ކައުންސިލް ހުވާކުރުމުގެ ދަރުބާރު މާލޭ ހުރިހާ ރާއްޔިތުންނަށް ދައުވަތު ދީފިއެވެ.
Advertisement

މިދިޔަ މަހުގެ 4 ވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އަލަށް ހޮވުނު މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އާދިއްތަ ދުވަހުއެވެ. 

މާލެ ސިޓީ ކައުންސިލުގެ ފަސް ވަނަ ދައުރަށް އިންތިހާބުވި މޭޔަރާއި ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ރަސްމިއްޔާތު އޮންނާނީ  އާދިއްތަ ދުވަހު ހެނދުނު 08:15 ގައެވެ. ސޯޝަލް ސެންޓަރުގައި އޮންނަ މި ދަރުބާރަށް މާލޭގައި އުޅޭ ހުރިހާ ރައްޔިތުން ބައިވެރިވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. 

އާ ކައުންސިލަރުން ހުވާކުރަން ހަމަޖައްސާފައިވާ ތާރީހަކީ މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ހަމަވާ ދުވަހެވެ.

ލޯކަލް ކައުންސިލް އިންތިހާބުން މާލޭ ސިޓީ ހިމެނޭހެން ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީއާއި އަންހެނުން ތަރައްްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސްއާ އެ ކޮމެޓީގެ މެޖޯރިޓީތައް ނަގާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. 

އަދި ގިނަ ކައުންސިލްތަކުގެ ރައީސްކަމުގެ މަގާމުވެސް ނަގާފައިވަނީ އިދިކޮޅު އެމްޑީޕީއާ އަމިއްލަ ކެންޑިޑޭޓުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;