ads
އެލްޖީއޭ މުވައްޒަފުން ސީއެސްްސީއަށް ބަދަލުކޮށް، މުވައްޒަފުން ވަކިކުރުމުގެ ބާރު ސީއީއޯ ދޭން ފާސްކުރުން
އެލްޖީއޭ މުވައްޒަފުން ސީއެސްްސީއަށް ބަދަލުކޮށް، މުވައްޒަފުން ވަކިކުރުމުގެ ބާރު ސީއީއޯ ދީފި
ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) މުވައްޒަފުން ސިވިލް ސާވިސްއަށް ބަދަލުކޮށް އެއޮތޯރިޓީ އަށް ބޭނުންވާ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރަށް ދޭން ރައްޔިޔުން މަޖިލީހުން ފާސްކޮށްފިއެވެ.
Advertisement

އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްއަށް ބަދަލުކޮށް އެ ތަނަށް ބޭނުންވާ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރަށް ދޭން ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ރައްޔިތުން މަޖިލިހަށް ހުށައެޅީ މިދިޔަ އަންގާރަ ދުވަހުއެވެ. 

ސަރުކާރުގެ ފަރާތުން މި ބިލްް މަޖިލިހަށް ހުށައެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ އެވެ.  

މަޖިލީހުން މިއަދު ވަނީ މި ބަދަލު ގެންނަން ފާސްކޮށްފައެވެ. ފެންނަކަމަށް ވޯޓް ދިނީ ސަރުކާރަށް ނިސްބަތްވާ 59 މެމްބަރުންނެވެ. އެ ބަދަލު ގެންނަ ނުފެންނަކަމަށް ވޯޓް ދީފައިވަނީ 10 މެމްބަރުންނެވެ. 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި މިހާރުވާ ގޮތުން އެލްޖީއޭގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވެދިނުމަށާއި އޮތޯރިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށްޓަކައި އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ދީފައިވަނީ އޮތޯރިޓީގެ ބޯޑަށެވެ.  

ގާނޫނަށް ގެނަން ހުށައެޅި ބަދަލުގައިވާ ގޮތުން އެލްޖީއޭއަށް މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ ލަފާގެ މަތިން ސިވިލް ސާވިސްް ކޮމިޝަނުންނެވެ. އަދި މުވައްޒަފުން އައްޔަންކރުމާއި ވަކިކުރުމުގެ އިތުރުން މުވައްޒަފުންނާއި ގުޅޭ އެނޫންވެސް ކަންކަމުގައި ޒިންްމާދާރު އިސްވެރިޔާގެ މަގާމު އަދާކުރާނީވެސް އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރެވެ. 

މި ބަދަލާއި އެކު މުވައްޒަފުންގެ އޮނިގަނޑެއް ހަދާ 30 ދުވަހުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަނަށް ހުށައަޅަން ޖެހެއެވެ. އަދި އެ އޮނިގަނޑު ހުށައަޅާާތާ 60 ދުވަހުގެ ތެރޭގައި މުވައްޒަފުންގެ މުސާރަތައް ޕޭ ކޮމިޝަނުން ކަނޑައަޅާ 60 ދުވަހުގެ ތެރޭގައި މުވައްޒަފުން އެ މަގާމުތަކަށް ބަދަލުކޮށް ނިންމަންޖެހޭކަމަށްވެސް ސަރުކާރުން ހުށައެޅި އިސްލާހުގައިވެއެވެ. 

ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު ނިމާލްއެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ 5 އޮގަސްޓް 2024 ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;