ads
ދިރާގުން އީދާ ދިމާކޮށް ފެށި ޕްރޮމޯޝަންގެ ޕޯސްޓަރެއް: އަޟްހާ އީދަށް ހާއްސަކޮށްގެން ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި - ފޮޓޯ: ދިރާގު
ދިރާގު ބޮޑު އީދު ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި
ދިރާގުން ކުރިއަށްގެންދާ "ބޮޑު އީދަށް ރިސޯޓަށް" ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ އިއުލާނުކޮށްފި އެވެ.
Advertisement

އެއީ ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް، ބޮޑު އީދަށް ރިސޯޓް ޗުއްޓީއެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭ ހާއްސަ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަންގެ ދަށުން ދޭ 1،000 ޑޮލަރުގެ ރިޒޯޓް ޗުއްޓީ ޕެކޭޖް ލިބުނު ފުރަތަމަ ނަސީބުވެރިއަކީ ޔޭ ލިން ޓުޓް ނަމަކަށް ކިޔާ މީހެކެވެ. 

މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 3 ނަސީބުވެރިއަކަށް މި ހާއްސަ އިނާމު ލިބިގެންދާއިރު، ކޮންމެ ހަފްތާއަކު އެއް ނަސީބުވެރިއަކު ހޮވާނެ އެވެ. އެގޮތުން، މި މަހުގެ 23ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުން ހޮވޭ ކޮންމެ ނަސީބުވެރިއަކަށް 1,000 ޑޮލަރުގެ އަގުހުރި ރިސޯޓު ޗުއްޓީއެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އަދިވެސް އޮތްކަން ދިރާގުން ވަނީ ފާހަގަކޮށްފަ އެވެ.

މި ގޮތުން 100 ރުފިޔާއިން މަތީގެ އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ދިރާގު އެޕްގައިވާ "ބޮޑު އީދަށް ރިސޯޓަށް'' ބެނާއަށް ފިއްތާލައިގެން މި ޕްރޮމޯޝަންގައި އެންރޯލް ކުރެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;