މެޓް އޮފީހުން އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ. މިއަދު މެންދރު ދޭއް ޖެހުމާއި ހަމަައަށްް ނެރެފައިވާ އެލާޓްގައި ބުނީ އެ ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަަމަށެވެ.
މީގެއިތުރުން ގަޑިއަކު 19 މޭލާއި 24 މޭލާއިި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަަމަަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. ކަނޑުތައްވެސް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ކަނޑުގެ ރާޅުގެ އުސްމިން 7 ފޫޓަށްް ހުންނާނެކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން މި އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. އަދި އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް، ރާއްޖެއަށް އާންމުކޮށް ވެހޭ ވަރަށް ވުރެ އިތުރަށް ވާރޭ ވެހުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;