ads
ހދ. ކުރިނބީ ކައުންސިލް އާ އިމާރާތް.
32 އަހަރުވީ ބާ އިމާރާތްދޫކޮށްލާ ކުރިނބީ ކައުންސިލް އާ އިމާރާތަކަށް
ހދ. ކުރިނބީ ކައުންސިލް އިދާރާގެ އާ އިމާރާތް ހުޅުވައިފިއެވެ.
Advertisement

ކުރިނބީ ކައުންސިލްގެ އާ އިމާރާތުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުން 12 ސެޕްޓެމްބަރ 2023 ގައެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުނީ 09 މެއި 2026 ގައެވެ. 

ކުރިނބީ ކައުންސިލްގެ އާ އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ނިމާލް އާއި ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމްއެވެ.

އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެލްޖީއޭގެ ވެރިންނާއި ކުރިނބީ ކައުންސިލްގެ މިހާރު ހިނގަމުން ދާ ދައުރުގެ މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެމްބަރުންގެ އިތުރުން އާ ދައުރަށް އިންތިހާބުވެފައިވާ މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ. 

your imageހދ. ކުރިނބީ ކައުންސިލް އާ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހދ.ކުރިނބީ ކައުންސިލްގެ އާ އޮފީސް އިމާރާތަކީ އެލްޖީއޭގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމެނިގެން، ކުރިނބީ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެއްކަމަށް އެލްޖީއޭއިން ބުނެއެވެ. މި މަޝްރޫއަށް، ފަރުނީޗަރު ހިމަނައިގެން ޖުމުލަ 5,993,392.48 ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެލްޖީއޭއިން ބުނެއެވެ. 

your imageހދ. ކުރިނބީ ކައުންސިލް އާ އިމާރާތް.

ހދ. ކުރިނބީ ކައުންސިލުން އެ ކައުންސިލުން ކުރިން ބޭނުން ކުރަމުންދިޔަ އިމާރާތަކީ 32 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، ޖާގައިގެ ގޮތުން ދަތި، ވަސީލަތްތައް މަދު، އިމާރާތެއްކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހި، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޒަމާނީ ބަދަލުތަކާއެކު އާ ހިދުމަތްތައް ތައާރަފްކުރުމަށް ނުހަނު ބޮޑަށް ހުރަސްއެޅިފައިވާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;