ads
ތިން ރައީސުން އެކުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިންް
ތިން ރައީސުން ފުރަތަމަ ހުށައެޅުން. ނޫސްވެރިން ވަގުތުން ދޫކޮށްލާ
ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީނާއި ރައީސްް އިބްރާހިމް މުހައްމަދު ސާލިހް އެކުގައި ބައްދަލުކުރެެެއްވުމަށްފަހު ސަރުކާރަށް ކުރި ފުރަތަމަ ޑިމާންޑެއްގެ ގޮތުގައި މިހާރު ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮަށްލަން ގޮވާލައިފިއެވެ.
Advertisement

ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހިޔާލި ތަފާތު ތިން ބޭފުޅުންކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީނާއި ރައީސްް އިބްރާހިމް މުހައްމަދު ސާލިހް، މި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަންް އެއް މޭޒެއްގެ ދޮށަށް މިރޭ ވަޑައިގަން ބޭއްވި ބައްދަލުވުމަކީ ތާރީހީ ބައްދަލުވުމެކެވެ. 

މީ ގައުމީ މައްްސަލަތަކުގައި ތިން ރައީސަކު އެއް މޭޒެއްގެ ދޮަށަށް ވަޑައިގެން މަޝްްވަރާކުރެއްވި ފުރަތަމަ ފަހަރުއެވެ.

މިރޭގެ މަޝްވަރާތަކަށްފަހު ނޫސްވެރިން ނާއި ބައްދަލުކުރައްވަމުން ތިން ރައީސުންވެސް ވިދާޅުވީ ސަރުކާރަށް ހުށައަޅާ ފުރަތަމަ ހުށައެޅުމަކީ މިހާރު ބަންދުކޮށްފައިވާ އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު  ވަގުތުން ދޫކޮށްލުމަށެވެ. އަދި އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ނެގުމަށްވެސް ތިން ރައީސުން ވަނީ ގޮވާލައްވާފައެވެ. 

ތިން ރައީސުން ވިދާޅުވީ އެބޭފުޅުން ހުށައަޅާ ކަންކަމަށް ސަރުކާރުން ޖަވާބުދާރީވަންދެން ހުއްޓާނުލާ މަސައްކަތް ކުރިޔަށް ގެންދަވާނެކަމަށެވެ. 

އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިމަހުގެ 12 ވަނަ ދުވަހުއެވެ. 

ޝަހްޒާނާއި ލީވާން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލާގައި ކްރިމިނަލްކޯޓުން ނެރެފައިވާ އަމުރާ ހިލާފިކަމަށް ކަނޑައަޅާ ކޯޓު ހުރުމަތް ކެނޑިކަމަށް ކަނޑައެޅުމަށްފަހުއެވެ. 

ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;