ads
ނ. މަގޫދޫއަށް ޑްރަގު ހިފައިގެންދިޔުމުން ހައްްޔަރުކުރި ދެ މީހުން
ނ. މަގޫދޫއަށް ޑްރަގު ހިފައިގެންދިޔަ މާލޭ 2 މީހަކު ހައްޔަރުކޮށްފި
ނ. މަގޫދޫއަށް ޑްރަގު ހިފައިގެންދިޔަ މާލޭ 2 މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހ. ދިޔަދޫ / މާލެ، މުހައްމަދު ނަސޫހް ނާޒިމް (21އ) ގ. ސީވޭވް / މާލެ، މުހައްމަދު ތިބްޔާން ޝަހީން (25އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ މާލެއިން ނ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުުޅިގެން ހިންގި އޮޕަރޭޝަންގައިކަމަށް ފުލުހުން ބުނެއެވެ. 

މި މެއި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެ ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ މަގޫދޫ ގެސްޓުހައުސް އެއްގައި ހުއްޓާކަމަށާއި އަނެއް މީހާ ހައްޔަރުކޮށްފައި ވަނީ މަގޫދޫ މަގުމަތިންކަމަށް ފުލުހުން ބުނެެއެވެ. 

އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ހަތަރު ރަބަރު ޕެކެޓާއި 553 ކުޑަ ރަބަރު ޕެެކެޓު ފެނިފައިވާކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 48 ގުރާމު ހުރިކަމަށް ފުލުހުން ބުނެއެވެ.

 މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިުރުކުރުމުން މުހައްމަދު ނަސޫހް ނާޒިމް ފަސްދުވަހަށް އަދި މުހައްމަދު ތިބްޔާން ޝަހީން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން މުއްދަތު ޖަހާދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަން ހިންގާފައި ވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ސްޓޭޝަނާއި މަގުދޫ ޕޮލިސް ޕޯސްޓާއި މިލަދޫ ޕޮލިސް ޕޯސްޓު ގުޅިގެންކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;