މިއަހަރުވެސް ރާއްޖެއިން 1000 މީހުން ހައްޖަށްދާއިރު ފުރަތަމ ގްރޫޕް ފުރީ މިދިޔަ ހުކުރު ދުވަހުއެވެ. އެދުވަހުވަނީ 238 ހާޖީއަކު ފުރާފައެވެ.
މިފަހަރު ހައްޖަށްދާ ދިވެހިން ހަތަރު ގުރޫޕަކަށް ފުރާއިރު މިއަދު ވަނީ ދެވަނަ ގްރޫޕްގެ ފުރާފައެވެ. މޯލްޑިވިއަންގެ ފްލައިޓްގައި މިއަދު ފުރާފައިވަނީ 260 ހައްޖުވެރިންނެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 26 ވަނަދުވަހެވެ. ސައުދީން މިރޭ ހައްޖުމަހަށް ހަނދު ބަލާނެއެވެ.
ދިވެހި ހައްޖުވެރިން ފުރުން އަދި އައުން ހަމަޖެހިފައިވާ ދުވަސްތައް
މިއަހަރުވެސް ދިވެހި ހައްޖުވެރިން މައްކާގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 21 ދުވަހެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;