ޒަކާތު ހައިސްއިން ބުނީ މި ސްކޮލާޝިޕް ޕުރޮގުރާމުގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓަރސް (ލެވެލް 9) އަދި ޕީ.އެޗް.ޑީ (ލެވެލް 10)އަށް ކިޔެވުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އޭގެ ތެރޭގައި އިސްލާމީ ޝަރީއާ، ޤުރްއާނާ ބެހޭ އިލްމު، އިސްލާމީ ތައުލީމު، އިސްލާމީ ދިރާސާއާއި ޝާއިއުކުރުން، އިސްލާމީ ނޫސްވެރިކަން، އަޤީދާ، ފިޤުހު، އުސޫލުލް ފިޤުހު، އަދި އިސްލާމީ ލީޑާޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނޭކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
ރާއްޖެއިން ކިޔެވޭ ޔުނިވާސިޓީތަކާއި ކޮލެޖްތައް
ރާއްޖެއިން ބޭރު ކިޔެވޭ ކޮލެޖްތައް
މި ފުރުސަތުގެ ދަށުން ޖުމުލަ 30 ސްކޮލާޝިޕް ދޫކުރުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން 10 ފުރުސަަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުސަތު ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ޒަކާތު ހައުސްއިން ވަނީ ކަނޑައަޅާފައެވެ. އޭގެ އިތުރުން، ހާއްސަ ސްކޮލާޝިޕް ސްކީމުތަކެއްވެސް ތައާރަފުކޮށްފައިވާކަމަށާއި އޭގެ ތެރޭގައި ސައުދީ އަރަބިއްޔާއާއި މިސްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް ދޭ 5 ފުރުސަތާއި، އަންހެނުންގެ ސިއްހަތާ ގުޅުން ހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ހާއްސަ ސްކޮލާޝިޕް ހިމެނޭކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
ޝަރުތުތައް
ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުގެ އިތުރުން އެހެން ދާއިރާތަކުން ކިޔެވުމަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެކަމަށާއު ނަމަވެސް އެއީ ދިވެހި އިސްލާމީ މުޖުތަމަޢު ތަރައްޤީކުރުމަށް މުހިންމު ދާއިރާއަކަށް ވާންޖެހޭނެކަމަށް ޒަކާތު ހައުސިން ބުނެއެވެ.
އެޕްލިކޭޝަން ހުށަހަޅާ އިރު ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް (އެކަޑަމިކް ޓްރާންސްކްރިޕްޓްތަކާއި، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ކަމާގުޅޭ ސެޓިފިކޭޝަން ހުއްދަތައް) ހިމަނަންވާނެކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރާނީ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލައިފައިވާ ކޮމިޓީންކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖުލައި 2026ގެ 14:00އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;