މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލަރުން ހުވާ ކުރުމަަށް ފަހު، ފުރަތަމަ ފަހަރު ނައިބު ރައީސްއެއް ނަގަން ވޯޓުލުމުން، އެމްޑީޕީގެ ކައުންސިލަރު ޒައީމާ މުހައްމަދު 2 ވޯޓް އަދި ޕީ އެންސީގެ މުހައްމަދު މައުމޫން 2 ވޯޓް ލިބިވީ އެއްވަރެވެ. އަދި އަމިއްލަ ގޮތުން ހޮވުނު ކައުންސިލަރު ބުންޏާމީން ހަސަންއަށް 1 ވޯޓް ލިބުނެވެ.
ދެވަނަ ފަހަރު އަދި، ތިންވަނަ، ހަތަރުވަނަ އަދި ފަސްވަނަ ފަހަރުވެސް އެމްޑީޕީގެ ޒައީމާ މުހައްމަދު 2 ވޯޓް ޕީއެންސީ މުހައްމަދު މައުމޫން 2 ވޯޓް ހޯދިއިރު ބާތިލު އެއް ވޯޓެވެ.
ޤާނޫނީގޮތުން ފުރަތަމަ ޖަލްސާގައި ނިންމަންޖެހޭ ނައިބު ރައީސް ނުނެގި އޮތީ ޑެޑް ލޮކެއްގައި ކަމަަށް މައުލޫމާތު ލިބިފައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;