ads
އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓަރު، މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު. - ފޮޓޯ/ބީއެމްއެލް
މައިންޑްކޯ އާއި ބީއެމްއެލްއިން އޭއައި ލެބް އިފްތިތާހުކޮށްފި
މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ގައުމީ އޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓަރު، މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކޮށްފި އެވެ.
Advertisement

މި ލެބް އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޑިޖިޓަލް ތަސައްވުރު، "މޯލްޑިވްސް 2.0" އެޖެންޑާގެ ދަށުން އިފްތިތާހު ކުރި ޕްލެޓްފޯމެކެވެ.

މޯލްޑިވްސް އޭއައި ލެބް ރަސްމީކޮށް އިފްތިތާހުކުރުމާ އެކު، މި ސެންޓަރުގެ އެންމެ ފުރަތަމަ ހަރަކާތްތައް މިއަދު ފެށިގެންދިޔައީ ސެންޓަރުގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި "ކޯ.ލެބް 26" ހަރަކާތާއެކުގަ އެވެ. ކޯ.ލެބް 26 އަކީ އޭއައި ބޭނުންކުރުމާއި ގުޅޭ ގޮތުން ރާއްޖޭން ގެންގުޅޭނެ ގައުމީ އުސޫލުތައް ބައްޓަންކުރުމަށްޓަކައި ކުރިއަށްގެންދާ ހަތަރު ދުވަހުގެ ގައުމީ ހަރަކާތެކެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ދެ ދުވަހު މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ އޭއައި މެދުވެރިކޮށް އާންމުންނަށް ލިބޭނެ ފައިދާއަށާއި، ގައުމީ އަމާޒުތަކަށް ރިއާޔަތްކޮށް، އޭއައި ބޭނުންކުރާނެ މުހިންމު ދާއިރާތައް ދެނެގަތުމަށެވެ. މީގެ އިތުރުން ޑޭޓާގެ ތައްޔާރީތަކާއި، އަމަލީ ގޮތުން އެކަން ކުރެވިދާނެ މިންވަރާއި، ޒިންމާދާރުކަމާއެކު އޭއައި ބޭނުންކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް އިސްކަންދޭނެ ކަންކަން ކަނޑައެޅޭނެ އެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ކަސްޓަމަރުންނަށް ހިދުމަތްދޭ އިދާރާތަކުން ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމާއި ހިރާސްތައް މެނޭޖުކުރުމާއި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމާއި ސްކޭމްތައް ދެނެގަތުމާއި ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމުގެ އިތުރުން، އަވަސް އަދި މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ ނިންމުންތައް ނިންމުމުގެ ގާބިލުކަން އާޓިފިޝަލް އިންޓެލިޖެންސް އޭއައިއަށް ލިބިގެންވާ ކަމަށެވެ. 

your imageއޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓަރު، މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވާހަކަދައްކަވަނީ. - ފޮޓޯ/ބީއެމްއެލް

މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު ވިދާޅުވީ މިފަދަ ހާއްސަ ގައުމީ މަރުކަޒެއް ގާއިމްކުރުމުން، ރާއްޖޭގެ އަމިއްލަ އޭއައި އަދި ޑޭޓާގެ ގާބިލުކަން ބިނާކުރުމަށް ފުރިހަމައަށް ސަމާލުކަން ދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަމަލީ ގޮތުން ބޭނުންކުރެވޭނެ، އަޅުގަނޑުމެންގެ ސަގާފަތާއި އާދަކާދައާ ގުޅޭ އަދި ރާއްޖޭގެ މާހައުލަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

your imageއޭއައި އެންޑް ޑޭޓާ ކޮމްޕެޓެންސީ ސެންޓަރު، މޯލްޑިވްސް އޭއައި ލެބް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވާހަކަދައްކަވަނީ. - ފޮޓޯ/ބީއެމްއެލް

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވިދާޅުވީ އޭއައިއަކީ ރާއްޖެއަށް ހަމައެކަނި "ކުރިމަތިވާ" ކަމެއްގެ ގޮތުގައި ރާއްޖޭގެ މުސްތަގުބަލު އޮވެގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި، މޯލްޑިވްސް އޭއައި ލެބް މެދުވެރިކޮށް އޭއައި ބޭނުންކުރެވޭނީ ދިވެހިންނާ އެކު، ދިވެހިންގެ އަތުން އަދި ދިވެހިންގެ ލާބައަށްޓަކާކަން އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގެ ހުނަރުވެރިން ބިނާކުރުމަށާއި އާންމު ހިދުމަތްތަކުގައި އިންސާނީ ޒިންމާދާރުކަން ކަށަވަރުކުރުމަށާއި ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، އިގްތިސާދީ ކުރިއެރުން ހޯދައި ރާއްޖެއަކީ ރައްކާތެރި އަދި ހަރުދަނާ އިގްތިސާދަކަށް ބަދަލުކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އިހުސާން އަލިއަޅުއްވާލެއްވި އެވެ.

މޯލްޑިވްސް އޭއައި ލެބް ފަރުމާކުރެވިފައިވަނީ އެކި ދާއިރާތައް ގުޅިގެން މަސައްކަތްކޮށް، އޭއައި، ޑޭޓާ އަދި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން ގައުމުގައި ދެމެހެއްޓެނިވި ގާބިލުކަން އުފެއްދުމަށެވެ. ހެކަތަންގެ ނަތީޖާއެއްގެ ގޮތުން ޕްރޮޓޯޓައިޕްތަކާއި، ހައްލު ހޯދޭނެ މަގުތަކާއި، އަދި އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ކޮންސެޕްޓްތައް ގައުމީ ފެންވަރުގައި ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެ އެވެ.

ޝައުގުވެރިވާ ފަރާތްތަކަށް https://colab.mv/ މެދުވެރިކޮށް ހެކަތަންގައި ބައިވެރިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;