މިއަހަރުވެސް ރާއްޖެއިން 1000 މީހުން ހައްޖަށްދާއިރު ފުރަތަމަ ގްރޫޕް ފުރީ މިދިޔަ ހުކުރު ދުވަހުއެވެ. އެދުވަހު ވަނީ 238 ހާޖީއަކު ފުރާފައެވެ. ހާޖީންގެ ދެވަނަ ގްރޫޕް ފުރީ އިއްްޔެއެވެ. އިއްޔެވަނީ 260 ހައްޖުވެރިން ފުރާފައެވެ.
މިއަހަރު ހައްޖަށްދާ ދިވެހިންގެ ގޮތުގައި މިއަދު ވަނީ 250 މީހުން ފުރާފައެވެ. އެހެންކަމުންް މިހާރު ބާކީ ނުފުރާ ތިބީ 252 މީހުންނެވެ. އެމީހުންް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުއެވެ.
ރޭ ސައުދީން ހައްޖުމަހަށް ހަނދު ސާބިތުކޮށް މިއަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 26 ވަނަ ދުވަސްކަމަށް ވަނީ ކަނޑައަޅާފައެވެ. ދިވެހި ކަލަންޑަރުގައިވާ ގޮތުންވެސް ހައްޖު ދުވަހަކީ ހަމަ އެދުވަހެވެ.
މިއަހަރު ހައްޖަށްދާން ފުރާ ހައްޖުވެރިޔަކު އެއާޕޯޓްގައި މަޑުކޮށްލައިގެން
ދިވެހި ހައްޖުވެރިން ފުރުން އަދި އައުން ހަމަޖެހިފައިވާ ދުވަސްތައް
މިއަހަރުވެސް ދިވެހި ހައްޖުވެރިން މައްކާގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 21 ދުވަހެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;