އެ ކުންފުނިން ބުނީ އެއީ ދިއްފުށީގެ ފެހިކަން އިތުރު ކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ހިންގި ހަރަކާތެއް ކަމަށެވެ. އެ ހަރަކާތަށް ގަސް ހަދިޔާކުރީ އެޗްޑީސީންނެވެ.
"ގްރޯ ވިތު އުރީދޫ" މެދުވެރިކޮށް، އުރީދޫން އަންނަނީ ތިމާވެއްޓާ މެދު ޒިންމާދާރުވުމަށް ބާރު އެޅުމަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ލޯކަލް ކައުންސިލްތަކާއި މުޖުތަމައުތަކާއި އެކި ޖަމިއްޔާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.