މިއަޖަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން 4 ގުރޫޕަކަށް ފުރާފައިވާއިރު އެންމެ ފަހު ހައްޖުވެރިން ފުރީ މިއަދު ހެނދުނުއެވެ.
މިއަހަރުވެސް ރާއްޖެއިން 1000 މީހުން ހައްޖަށްދާއިރު ފުރަތަމަ ގްރޫޕް ފުރީ މިދިޔަ ހުކުރު ދުވަހުއެވެ. އެދުވަހު ވަނީ 238 ހާޖީއަކު ފުރާފައެވެ. ހާޖީންގެ ދެވަނަ ގްރޫޕް ފުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެދުވަހުވަނީ 260 ހައްޖުވެރިން ފުރާފައެވެ. އިއްޔެ ވެސް ވަނީ 250 ހާޖީން ސައުދީއަށް ފުރާފައެވެ. ބާކީ ތިބީ 252 ހައްޖުވެރިން ފުރީ މިއަދު ހެނދުނުއެވެ.
މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ ހައްޖުވެރިން ސައުދީއަށް ދަތުރުކޮށްފައިވަނީ ސައުދީ އެއާލައިނާއި ގައުމީ އެއާލައިން މޯލްޑިވިއަންގައެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ. ހައްޖުގެ އަޅުކަމަށްފަހު ދިވެހި ހައްޖުވެރިން މާލެ އަންނަން ފަށާނީ އަންނަމަހުގެ ފަސް ވަނަދުވަހުއެވެ.
ދިވެހި ހައްޖުވެރިން އައުމަށް ހަމަޖެހިފައިވާ ދުވަސްތައް
މިއަހަރުވެސް ދިވެހި ހައްޖުވެރިން މައްކާގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 21 ދުވަހެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;