ޒައީމާ އެ މަގާމަށް ހޮވުނީ ނައިބު ރައީސެއް ހޮވުމަށް އަށްވަނަ ފަހަރަށް ނެގި ވޯޓު ކާމިޔާބު ކޮށްގެންނެވެ.
ކައުންސިލަރުން ހުވާ ކުރުމަަށް ފަހު، ފުރަތަމަ ފަހަރު ނައިބު ރައީސްއެއް ނަގަން ވޯޓުލުމުން، އެމްޑީޕީގެ ކައުންސިލަރު ޒައީމާ މުހައްމަދު 2 ވޯޓް އަދި ޕީ އެންސީގެ މުހައްމަދު މައުމޫން 2 ވޯޓް ލިބިވީ އެއްވަރެވެ. އަދި އަމިއްލަ ގޮތުން ހޮވުނު ކައުންސިލަރު ބުންޏާމީން ހަސަންއަށް 1 ވޯޓް ލިބުނެވެ.
ދެވަނަ، ތިންވަނަ، ހަތަރުވަނަ، ފަސްވަނަ، ހަވަނަ އަދަި ހަތްވަނަ ފަހަރުވެސް ނަތީޖާ ނުކުތީ އެމްޑީޕީގެ ޒައީމާ މުހައްމަދު 2 ވޯޓް ޕީއެންސީ މުހައްމަދު މައުމޫން 2 ވޯޓް ހޯދިއިރު ބާތިލު އެއް ވޯޓެވެ.
ނައިބު ރައީސަކު ނުހޮވިގެން އެކަމަށް އެންމެ ފަހުން ރޭ 9:00 އެއް ޖެހިއިރު ޖަލްސާއެއް ބޭއްވިއެވެ. އެ ޖަލްސާގައި ނެގި ވޯޓުން ކައުންސިލްގެ ނައިބު ރައީސްކަން ޒައީމާ އަށް ލިބުނީ 3 ވޯޓުންނެވެ. ޕީއެންސީ މެމްބަރުން މުހައްމަދު މައުމޫން އަށް ލިބުނީ 2 ވޯޓެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;