ރައްޔިތުން މަޖިލީހުގެ މި ދައުރު މިދޔަ ބުރާސްފަތި ދުވަހު ނިންމެން އޮއްވާ މި މަސްް ނިމެންްދެން މަޖިލީހުގެ މި ދައުރު ދަންމާލަން މަޖިލީހުން ފާސްކުރީ އެ ދުވަހުއެވެ.
ދައުރުގައި ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްްރަހީމް އަބްދުﷲ ހުށައެޅި ހުށައެޅުން މަޖލީހުން ފާސްކުރީ ޕީއެންސީގެ 58 މެމްބަރުންގެ ތާއީދާއެކުއެވެ. އިދިކޮޅު އެމްޑީޕީގެ 10 މެމްބަރުންނާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއްރަހްމާން ވޯޓް ދިނީ ދައުރު ދަންމާލަން ނުފެންނަކަމަށެވެ.
އެދުވަހު ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވަނީ މި ހަފްތާގެ ހޯމަދުވަހުން ފެށިގެން ޖަލްސާތައް އޮންނާނެކަން އިއުލާން ކުރައްވާފައެވެ. އެހެންނަމަވެސް މި ހަފްތާގައި މިދިޔަ އެއްވެސް ދުވަހަކަށް މަޖލީހުގެ އެއްވެސް ޖަލްސާއެއް ބާއްވަން ތާވަލުކޮށްފައެއް ނުވެއެވެ. އަދި މަޖިލީހުގެ އެއްވެސް ކޮމެޓީއެއްވެސް މިދިޔަ އެއްވެސް ދުވަހަކަށް ތާވަލުކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް މިއަދަށް މަޖިލީހުގެ އާއްމު ކޮމެޓީގެ ބައްދަލުވުމެއް ވަނީ ތާވަލުކޮށްފައެވެ. އެ ކޮމެޓީގައިވެސް އޮތީ ހަމައެކަނި ނާޒިމް ވަކިކުރުމުގެ މައްސަލަ އެކަންޏެވެ.
ނާޒިމް މަގާމުން ވަކިކުރަން ހުށައެޅި ގަރާރާ ގުޅޭ ގޮތުން އާންމު ކޮމިޓީގެ ބައްދަލުވުމެެއް މިއަދު ހަވީރު ހަތަރެއްް ޖަހާއިރު ބާއްވަން ވަނީ ތާވަލުކޮށްފައެވެ. އެ ބައްދަލުވުމުގައި އޮންނާނީ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި ވާހަކަ ދައްކަވަން މެމްބަރުންނަށް ދޭނެ ވަގުތާއި އެ މައްސަލާގައި ނާޒިމު ޖަވާބުދާރީވެވަޑައިގަތުމަށް ފުރުސަތު ދޭނެ އަދަދާއި ވަގުތު ކަނޑައެޅުމެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަކިކުރަން ހުށަހެޅީ ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކުރާތީކަމަށް ޕީއެންސީ ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ. އެހެންވެ، ނާޒިމް މަގާމުން ވަކިކުރެވޭނެ މިންވަރަށް ޕީއެންސީގައި މެމްބަރުން އެބަތިއްބެވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;