ads
ޝިޔާމް
ޝިޔާމްގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް
މީގެ 12 އަހަރު ކުރިން، ފުލުހުންގެ ވަޒީފާ އިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދޭން ހައިކޯޓުން ކުރި ހުކުމުގައި މުޅި އެ މުއްދަތުގެ މުސާރަ އާއި އިނާޔަތް ދޭން އެންގި ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
Advertisement

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް، މެއި 2014 ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާދޭން އަމުރު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް ހައިކޯޓުން މިދިޔަ މަހު ހުކުމުކުރީ ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.

އެ ހުކުމުގައި، 12 އަހަރުގެ މުސާރަ އާއި އިނާޔަތް ދިނުމަށް ހުކުމުގައި އަންގާފައި އޮތް ބައި ބާތިލުކުރަން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.  އެކަމަކު، އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ކަނޑަނާޅައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;