މިއަހަރުވެސް ކަމަދޫގައި ބޮޑު އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އީދަށް ތައްޔާރުކުރި ލަވަ މިއަދު އާއްމުުކޮށް ދޫކޮށްލިއިރު މިފަހަރު ލަވަ ކިޔާދީފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމެވެ.
މިފަހަރުގެ ލަވައިގައިވެސް އެރަށުގެ ޒުވާންނުންގެ ނެށުންތައް ވަނީ ހިމަނާފައެވެ. އެ ރަށުގައި އީދު ފާހަގަކުރަން ކުރާ މުހިއްމު ކަންތައް ހިމަނާ ތައްޔާރުކޮށްފައިވާ ފޯރިގަދަ މިލަވައިން އެންމެ ގިނަ ބަޔަކަށް އަޅަައިގަތީ ކަމަދޫއިން މަޝްހޫރުވެގެން އައި އައިމިނަތު ޒާރާ ފެނުމުންނެވެ.
ޒާރާ އަލުން އާއްމުކޮށް މި ފެނުނީ 2024 ވަނަ އަހަރުގެ ލަވައިން އޭނާ މަޝްހޫރުވުމަށްފަހު މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ސިޔާމު މުހައްމަދާއި ކައިވެނިކުރުމަށް ފަހު އެ ކައިވެނި ރޫޅުމާއި އެކު އެވެ. 8 މަސްދުވަހުގެ ކައިވެނި ރޫޅުމަށްފަހު މީ ޒަރާ އަލުން ފެނިގެންދާ ފުރަތަމަ ފަހަރުވެސްމެއެވެ.
ކަމަދޫ މިއަހަރު އީދުގެ ހަރަކާތްތައް
އެރަށުގެ ދެ ޖިންސުގެ ޒުވާނުން ފެންނަ މި ލަވައިގައި ވަނީ ކަމަދޫގައި މިފަހަރުވެސް ފޯރިގަދަ ކުޅިވަރުތައް އޮންނާނެކަަން ބުނެ އެ ހަރަކާތްތައް ބަލާލަން ކަމަދޫއަށް އައުމަށް ދައުވަތު ދީފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;