މިއަހަރުގެ އީދު ދުވަހަކީ އަންނަ ބުދަ ދުވަހެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިފަަހަރު ހައްޖާއި އީދުދުވަހު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވައިގަދަވެ ވާރޭވެހުމުގެ ފުރުސަރު ބޮޑުކަމަށެވެ. އެހެންނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ކުޑަކޮށް ރީިތިވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ މިއަދުން ފެށިގެން ވައި ބާރުވެ، މި ހަފްތާ ނިމެންދެން ވިއްސާރަ ކުރާނެކަމަށެވެ. އަދި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ހުރިހާ ފަރާތްތަކުންވެސް ހާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން އެދެއެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;