މި އެވޯޑަކީ އިސްލާމީ ބޭންކިންގެ ދާއިރާގައި އެމްއައިބީން ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ދެމެހެއްޓެނިވި މާލީ ކާމިޔާބީގެ އަގު ވަޒަންކޮށް ދީފައިވާ އެވޯޑެއް ކަމަށް އެ ބޭންކުން ބުނެއެވެ. ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ގޮންޖެހުން ބޮޑު ޖިއޮގްރަފީއެއް އޮތްކަމުގައި ވިޔަސް އެމްއައިބީއިން ވަނީ މި ގޮންޖެހުންތަށް ގިރާކޮށް ނަތީޖާ ނެރެދީފައެވެ.
ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ވަގުތުން އެކައުންޓް ހުޅުވުމާއި، ހުރިހާ ހިދުމަތަކަށް އެދުމުގެ މަގުފަހިކޮށްދީފަ އެވެ. އަދި، އަތޮޅުތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހޯދާފައިވާ ކާމިޔާބީ މި އެވޯޑު ދިން ސީއެފްއައިކޯއިން ވެސް ފާހަގަކޮށްފައިވެ އެވެ.
އެމްއައިބީގެ ސްޓްރެޓެޖީ ބިނާވެފައި ވަނީ ޝަރީއާ ހިންގުމުގެ ވަރުގަދަ އޮނިގަނޑަކާއި، ޑިޖިޓަލް އީޖާދާއި ސީދާ ބޭންކިން ހިދުމަތް ގުޅުވައިދޭ އެއް އޮޕަރޭޓިން މޮޑެލެއްގެ މައްޗަށްކަމަށް އެމްއައިބީން ބުނެ އެވެ. އަދި ބޭންކުގެ ވަރުގަދަ މާލީ ކުރިއެރުމާއެކު މިދިޔަ އަހަރު ބޭންކުގެ ޖުމުލަ އެސެޓް ވަނީ، 16.63 ބިލިޔަން ރުފިޔާއަށް އަރާފަ އެވެ.
އެމްއައިބީއަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިފައިވާއިރު ބޭންކުގެ ހިދުމަތް ރަށްރަށުގައި ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން އެމްއައިބީއިން އަންނަނީ އާބާދީ ބޮޑު ރަށްރަށުގައި އިތުރު ބްރާންޗުތަކާއި އޭޓީއެމް ތައް ވެސް ގާއިމްކުރަމުންނެވެ.
މީގެ ކުރިން އެމްއައިބީން ވަނީ ބޭންކިން ދާއިރާގެ މަޝްހޫރު އެތައް އެވޯޑެއް ހާސިލުކޮށްފައެވެ. އޭގެ ތެރޭގައި ވިސާ ކޮމާޝަލް ސޮލިއުޝަންސް އެކްސެލެންސް އެވޯޑް ފޯ ބެސްޓް ބިޒްނަސް ޑެބިޓް އިޝުއާގެ އިތުރުން، އިސްލާމިކް ބޭންކް އޮފް ދަ ޑެކޭޑް، އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔާ، އަދި 10 ވަނަ އައިއެފްއެސްއޭ އެވޯޑްސް 2025 ގައި އިސްލާމިކް ބޭންކް އޮފް ދަ އިޔާ ހާސިލުކުރުން ހިމެނެ އެވެ.
އޭގެ އިތުރުން 11 ވަނަ އިރްބާ އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު އިސްލާމިކް ރީޓެއިލް ބޭންކް 2025 އެވޯޑާއި ރާއްޖޭގެ އެންމެ މޮޅު ޑިޖިޓަލް ބޭންކިން އިނިޝިއޭޓިވް އެވޯޑް ވެސް އެ ބެންކުން ވަނީ ހޯދާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;