ads
ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
އީދުގެ އެއްބައިވަންތަކަމަކީ ސުލްހަ ދަމަހައްޓަން ލިބޭ ބާރެއް: ރައީސް
އީދުގެ އެއްބައިވަންތަކަމަކީ ގައުމުގައި ސުލްހަވެރިކަން ދަމަހައްޓަން ލިބޭ ބާރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ބޮޑު އީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގަ އެވެ.

ރައީސް ވިދާޅުވީ އަޟްހާ އީދަކީ، މުޅި މުސްލިމް މި އުންމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއް ކަމަށާއި މާތްވެގެންވާ ޢަރަފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން، ކޮންމެ ދިމާއަކަށްވެސް ފެތުރިގެންދާ މި އުފާވެރިކަމަކީ، އިންސާނީ ކުލުނުގެ އެންމެ އަލިގަދަ އެއް ރަމްޒު ކަމަށެވެ.

އެގޮތުން އުޟްހިޔާ ކަތިލުމާއި، އެކިއެކި ހަދިޔާބަދިޔާ ބަދަލުކޮށް، ތަނަވަސްކަމުގެ އަހުލުވެރިން ނިކަމެތި ފަގީރުންނަށް އެކި ގޮތްގޮތުން އެހީތެރިވެދީ ހެދުމަކީ، މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ، އެކުވެރި ބަދަހި ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ ހިތްވަރު އާވެގެންދާ ކަންކަން ކަމަށާއި ހަމައެއާއެކު، މިއީ، މަޢާފުކުރުމުގެ ފިނި ރޯޅިން ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާދަމާގެ އުންމީދު ކަމުގައިވާ ޒުވާން ޖީލަށް ރިވެތި އަހްލާގީ ސިފަތައް ދަސްކޮށްދީ، މުޖުތަމައުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނތުންވުމަކީ، ތިމާގެވެސް އުފާކަމުގައި ދުށުމަށް މި އީދުން ދަސްކޮށްދޭކަން ހަނދާން ކުރަންޖެހޭ ކަމަށެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ އަޟްހާ އީދަކީ މާތްﷲ ވަރަށް މުހިއްމު ހިކުމަތަކަށްޓަކައި ލައްވާފައިވާ ދުވަހެއްކަމަށާއި އެއީ މުޅި އިސްލާމީ އުއްމަތް އެއް ސަފަކަށް ތަރުތީބުކޮށްދޭ އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއްކަމަށެވެ. 

"މާތްވެގެންވާ އަރަފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން، ކޮންމެ ދިމާއަކަށް ވެސް ފެތުރިގެންދާ މި އުފާވެރިކަމަކީ، އިންސާނީ ކުލުނުގެ އެންމެ އަލިގަދަ އެއް ރަމްޒެވެ. އުޟްހިޔާ ކަތިލުމާއި އެކިއެކި ހަދިޔާބަދިޔާ ބަދަލުކޮށް، ތަނަވަސްކަމުގެ އަހުލުވެރިން ނިކަމެތި ފަގީރުންނަށް އެކި ގޮތްގޮތުން އެހީތެރިވެދީ ހެދުމަކީ، މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ، އެކުވެރި ބަދަހި ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ ހިތްވަރު އާވެގެންދާ ކަންކަމެވެ،" ރައީސް ވިދާޅުވި އެވެ.


އުޟްހިޔާ ކަތިލުމާއި، ހަދިޔާ ބަދަލުކޮށް، ތަނަވަސްކަމުގެ އަހުލުވެރިން ނިކަމެތި ފަގީރުންނަށް އެކި ގޮތްގޮތުން އެހީތެރިވެދީ ހެދުމަކީ، މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ، އެކުވެރި ބަދަހި ބައެއްގެ ގޮތުގައި ކުރިއަށްދިޔުމުގެ ހިތްވަރު އާވެގެންދާ ކަންކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ހަމައެއާއެކު، މިއީ، މައާފުކުރުމުގެ މޫސުންކަމަށާއި އެކަމުން، ހިތްތަކަށް ދިރުން ގެނެސްދޭ ދުވަސްތަކެއްކަންވެސް އަޟްހާ އީދުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;