މި ހިދުމަތަކީ އަޟްހާ އީދާ ގުޅުވައިގެން، އާއިލާ އާއި ގާތް ރަހުމަތްތެރިންނަށް ފަސޭހަކަމާއެކު އީދު ހަދިޔާ ފޮނުވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށް ދިނުމަށް ތައާރަފުކުރި ހިދުމަތެއް ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
މިގޮތުން، ކަސްޓަމަރުންނަށް އެމް-ފައިސާ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް، ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް، ފައިސާ އީދު ހަދިޔާގެ ގޮތުގައި ފޮނުވާލެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
އެމް-ފައިސާގައި ރަޖިސްޓްރީކޮށްލުމަށް
މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް އީދުގެ އުފާވެރިކަން ހިއްސާކޮށް، ގުޅުންތައް ބަދަހިކުރުމުށް ފުރުސަތު ލިބިގެންދާނެކަން އުރީދޫން ފާހަގަކުރެ އެވެ.
އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ޒަމާނީ ފިންޓެކް ވަސީލަތްތަކުގެ އެހީގައި ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމެވެ. އަދި، އީދުގެ އުފަލާ ގުޅިފައިވާ އެކަކު އަނެކަކަށް ހަދިޔާ ބަދަލުކުރުމުގެ ރީތި އާދަ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓުމަށް މަގުފަހިކޮށްދިނުމެވެ.
މި އީދުގައި އެމްފައިސާ މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް ރައްޓެހިންނާއި އާއިލާއަށް އެމްފައިސާ މެދުވެރިކޮށް އީދު ހަދިޔާ ހިއްސާކޮށްލެވޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;