ads
27 މެއި 2026: އަޟްހާ އީދަށް ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރަނީ - ފޮޓޯ: ސަން
އީދު ފާހަގަ ކުރުމުގެ ނަމުގައި ފުރައްސާރަ ނުކުރޭ: އީދު ހުތުބާ
ބޮޑު އީދުގެ އުފާ މިއަދު ފާހަގަކުރާއިރު މި މުނާސަބަތު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކޮށް މަލާމާތް ނުކުރަން އީދު ހުތުބާގައި ގޮވާލައިފި އެވެ.
Advertisement

މިއަދުގެ އީދު ނަމާދަށްފަހު އިއްވި ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އީދު ދުވަހަކީ މުޅި އަހަރުގައިވެސް އަންނާނެ އެންމެ މަތިވެރި ދުވަސްކަމަށް ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވައެވެ.

މާތް ނަބިއްޔާގެ ހަދީސްފުޅެއްގެ މާނައިގައިވާ ގޮތުން، މާތް ﷲގެ ހަޟުރަތުގައި އެންމެ މަތިވެރިވެގެންވާ ދުވަހަކީ އީދު ދުވަސްކަމަށް ހުތުބާގައި ބުންޏެވެ.

އީދު ދުވަސްތަކަކީ މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅުމަށް އޮތް ދުވަސްތަކެއް ނަމަވެސް، މި އުފާފާޅުކުރުންތައް އޮންނަންވާނީ ދީނީ އިމުގެ ތެރޭގައިކަން ހުތުބާގައި ހަނދާންކޮށްދިނެވެ.

އީދުގެ އެންމެހައި ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތްﷲ އަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ވެސް ހުތުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ.

"އީދުގެ އުފާ ފައުޅުކުރާ އިރު، އިސްލާމީ ސަގާފަތާ ހިލާފު، އިސްލާމީ ޝަރުއީ މިންގަނޑަށް ނުފެތޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވަމެވެ،" ހުތުބާގައި ބުންޏެވެ.

އީދުގެ ބޮޑު ޖަމާއަތާއި ހައްޖުގެ މަތިވެރި އަޅުކަމަށް އެތައް ހާސް މުސްލިމުންނެއް ޖަމާވެ ތިބި މައްކާގެ މަތިވެރި ބިމަށް މިވަގުތު ބަލައި މަހުޝަރުގެ މައިދާނުގައި ކޮޅަށް ތިބޭނޭ ދުވަސް ހަނދާނަށް ގެންނަން ހުތުބާގައި ގޮވާލި އެވެ.  

"އެތައް މިލިޔަން މޭލެއް ދުރުން މިއަދު ފެންނާން އިރު ހުރިއިރު، މިއަދު މި އިހުސާސްކުރަމުންދާ ހޫނާއި، ގިޔާމަތް ދުވަހު މަހުޝަރުގެ މައިދާނުގައި މީސްތަކުންގެ ބޮލާ، ކައިވަތަކަށް ވުރެ، އިރު ކައިރިވެފައިވާ ހިނދު މީސްތަކުން ތިބޭނޭ ހާލަތާއި އެ ދުވަހުގެ ބިރުވެރިކަން ހަނދާނަށް ގެންނާށެވެ،" ހުތުބާގައި ބުންޏެވެ.

އެކަކު އަނެކަކަށް މާފުކޮށް ހިތްތައް ސާފުކުރުމާ އެކު ސަލާންގަލާންކޮށް ހިނިތުންވުމަށް ހުތުބާގައި ގޮވާލި އެވެ. ބޮޑާކަމާއި ކިބުރުވެރިކަމާއި ހަސަދަވެރިކަމާއި ނުނިޔަތްލުން ކަހަލަ ނޭއްގާނީ ކަންކަން އެ މީހެއްގެ ކިބައިގައި ހުރި ނަމަ، އެ ކަންކަން ހިތުން ފިލުވައިލަން ވެސް ގޮވާލި އެވެ.

އެމީހެއްގެ ހިތުގައި ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރު ހުރި މީހާ ވެސް ސުވަރުގެ ނުވަންނާނޭ ކަމަށް ސައްހަ ހަދީސްތަކުގައި އައިސްފައިވާ ކަމަށް ހުތުބާގައި ބުންޏެވެ. 

ހުތުބާ ނިންމާލަމުން ވަނީ، ބޮޑާކަމާއި ކިބުރުވެރިކަމާއި ހަސަދަވެރިކަމާއި ނުނިޔަތްލުން ފަދަ ނޭއްގާނީ ކަންކަން ތިމާގެ ކިބައިގައި ހުރި ނަމަ، އެ ކަންކަން ހިތުން ފިލުވައިލުމަށް ގޮވާލާފަ އެވެ.

އެ މީހެއްގެ ހިތުގައި ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރު ހުރި މީހާ ވެސް ސުވަރުގެ ނުވަންނާނޭކަމަށް ސައްހަ ހަދީސްތަކުގައި އައިސްފައިވާ ކަމަށާއި، ސަލާމަތް ހިތަކާއިގެން މާތް ﷲއާ ބައްދަލުވެއްޖެ މީހަކަށް މެނުވީ އެ ދުވަހު ރައްކާތެރިކަމެއް ނެތްކަން ކީރިތި ގުރްއާނުގައި ބަޔާންވެގެންވާކަމަށް ވެސް ހުތުބާގައި ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;