ads
އުރީދޫން ކޮންމެ އީދަކާ ގުޅުވައިގެން ކުރިއަށްގެންދާ އީދު ބޯކިބާ ބެހުމުގެ ތެރެއިން
އުރީދޫން ބެހި އީދު ބޯކިބަލަށް ބޮޑު ތަރުހީބެއް!
އީދު ނަމާދަށް ފަހު މިއަދު އުރީންދޫން ކުރިއަށް ގެންދިޔަ "އީދު ބޯކިބާ" ހަރަކާތަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށް އެ ކުންފުނިން ބުނެފި އެވެ.
Advertisement

މިއީ، އުރީދޫން ބުނި ގޮތުގައި، މުޖުތަމައުގައި އީދުގެ އުފާ ފާޅުކުރުމާއި އެއްބައިވަންތަކަން އިތުރު ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.

  • މާލެ އަދި ހުޅުމާލޭގައި އީދު ބޯކިބާ ބެހުން

އުރީދޫން ކޮންމެ އީދަކާ ގުޅުވައިގެން ކުރިއަށްގެންދާ އީދު ބޯކިބާ ބެހުން، މި އީދުގައި ވެސް އުރީދޫގެ ޓީމުން ވަނީ މާލެ އާއި ހުޅުމާލޭގައި ކުރިއަށް ގެންގޮސްފަ އެވެ.

މިއީ ޒަމާނުއްސުރެ އީދު ނަމާދަށް ފަހު ހެނދުނުގެ ސަޔާ އެކު ބޯކިބާ ކެއުމުގެ ސަގާފީ އާދަކާދައާ ގުޅުވައިގެން އުރީދޫން ކުރިއަށްގެންދާ ހަރަކާތެކެވެ.

  • އީދު ހަދިޔާ ބެހުން

އީދުގެ އުފާ ފާހަގަކޮށް، އާއިލާތަކަށް ހިނިތުންވުމާއި އެކުވެރިކަމުގެ ވަގުތުތަކެއް ފަހިކޮށްދިނުމަށް، އުރީދޫގެ ފަރާތުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ތިބި ކުޑަކުދިންނަށް ޚާއްޞަކޮށް ޢީދު ހަދިޔާ ބަހާފައެވެ.

  • މާލެ ސަރަހައްދުގައި އެމް.އެން.ޑީ.އެފް އިން ބާއްވާ 'ޢީދު އުފާ' ކުޑަކުދިންގެ ހަވީރުގައި ބައިވެރިވުން

މާލެ ސަރަހައްދުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އިންތިޒާމުކުރާ "އީދު އުފާ" ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތައް އިތުރަށް ފޯރިގަދަކޮށް، އުފާވެރި މާހައުލެއް ބިނާކުރުމަށްޓަކައި އުރީދޫއިން ވަނީ މި ހަވީރުގައި ފޯމް ޕާޓީ ބޭއްވުމަށް އެހީތެރިވެފަ އެވެ.

  • ކިނބިދޫގެ 'ބޮޑު ކުންބުސް' ސަަގާފީ ހަރަކާތް 

ތ. ކިމްބިދޫގައި ކުރިޔަށްދިޔަ "ބޮޑު ކުންބުސް" ތައްޔާރުކުރުމުގެ ހަރަކާތަށް އުރީދޫއިން ވަނީ ޕާޓްނާ ވެފަ އެވެ. މިއީ އެ ރަށުގެ ރައްޔިތުން އެކުވެގެން ސަގާފީ ބޮޑު ކުންބުސް ފިހެ، ރަށުގެ ކޮންމެ ގެއަކަށް އީދު ހަދިޔާއެއްގެ ގޮތުގައި ބަހާ ވަރަށް ފާހަގަކޮށްލެވޭ ތާރީހީ އަދި ސަގާފީ ހަރަކާތެކެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ސަަރަހައްދުތަކުގައި ކައުންސިލްތަކާއި ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދާ އީދު އުފާ ފާޅުކުރުމުގެ އެކި ހަރަކާތްތަކުގައި، އޫރީދޫ މޯލްޑިވްސް އިން "ޑިޖިޓަލް ޕާޓްނަރު" ގެ ގޮތުގައި ވަނީ ބައިވެރި ވެފައެވެ.

މިގޮތުން ޕާޓްނަރުވެފައިވާ ހަރަކާތްތަކުގެ ތެރޭގައި:

· އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކުރާ "އައްޑޫ ސިޓީ އީދު ސަމާ 1447

· މިޝްކާތު ފައުންޑޭޝަނުން މަރަދޫފޭދޫގައި ބާއްވާ "މަރަދޫފޭދޫ އީދު ފޯރި 1446"

· ބ. ކަމަދޫ ކައުންސިލުން ބާއްވާ "ކަމަދޫ އީދު އުފާ 1447"

· ރ. ރަސްމާދޫ ކައުންސިލުން ބާއްވާ "ރަސްމާދޫ އީދުލްއަޟްޙާ 1447"

· ރ. ދުވާފަރު ކައުންސިލުން ބާއްވާ "ދުވާފަރު އަލްހާ އީދު ފޯރި 1447"

· ކ. ތުލުސްދޫ ކައުންސިލުން ބާއްވާ "ތުލުސްދޫ އަލްހާ އީދު 1447"

· ގދ. މަޑަވެލި ކައުންސިލުން ބާއްވާ "މަޑަވެލި ބޮޑު އީދު 1447"

· ވައި.ޑީ ސްޕޯޓްސް ކްލަބުން ވިލިމާލޭގައި ބާއްވާ "ވައިޑީ ވިލި އީދު ފޯރި"

އުރީދޫ އަކީ އަބަދުވެސް ކޮންމެ ޢީދަކާ ދިމާކޮށް މިފަދަ އެތައް ހަރަކާތެއް ކުރިއަށް ގެންދަމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;