ads
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ޖަލްސާއެއްގައި: މިއަދު މެންދުރު އިތުރު ޖަލްސާއެއް ބާއްވާނެ.
މަޖިލީހުގެ ނައިބުރައީސަކު އިންތިހާބު ކުރަން މިއަދު އިތުރު ޖަލްސާއެއް
ރައްޔިތުންގެ މަޖިލިހަށް އާ ނައިބު ރައީސަކު އިންތިހާބު ކުރަން މިއަދުގެ މެންދުރު އެކެއް ޖަހާއިރަށް ޖަލްސާއެއް ތާވަލްކޮށްފި އެވެ.
Advertisement

މިއަދުގެ 9:00 އަށް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކޮށްފައި ވަނީ, މަޖިލީހުގެ ނައިބު ރައީސް ކަމުން އަހުމަދު ނާޒިމް ވަކިކުރުމަށްޓަކައެވެ. 

މިއަދު ހެނދުނު 9:00 އަށް އެޖެންޑާކުރި ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ނާޒިމު އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވާފަ އެވެ.



މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު މެންދުރުފަހު 01:00 ގައި އޮންނާނެކަން އިއުލާނު ކުރެއްވުމަށްފަހު އެ ޖަލްސާ ވަނީ ނިންމާލައްވާފަ އެވެ. 

ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ނިމޭ ގޮތަށް ގަވާއިދުގައި ކަނޑައަޅާފައި ވިޔަސް ދައުރު ވަނީ މިއަދުގެ ނިޔަލަށް ދަންމާލައިފަ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;