ads
ހިތަދޫ ގެއެއްގެ ފުރާޅު އެއްލާލާފައި: ދެކުނު އަތޮޅުތަކަށް ދަނީ ވިއްސާރަ ކުރަމުން - ފޮޓޯ/އެމްއެންޑީއެފް
ވިއްސާރައިގައި ހިތަދޫ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި
ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުން އައްޑޫ ހިތަދޫގެ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ.
Advertisement

އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި، އައްޑުއަށް މިހާރު ކުރާ ވިއްސާރަގައި ގަދަ ވަޔާއެކު ފުރާޅު އެއްލާލީ، ހިތަދޫ ހުޅުދުއާގެއާއި އޯކަމްލިވާ ގޭގެއެވެ.

އެހެންވެ، އެ ސަރަހައްދުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނި ނަމަވެސް އިތުރު ތަފުސީލެއް ދީފައެއް ނުވެއެވެ.

ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ އައްޑޫ ގަމަށެވެ. އެގޮތުން ގަމަށް 106.7 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު ހިތަދުއަށް 64.9 މިލިމީޓަރުގެ ވާރޭ ވެހުނެވެ. 

އެމްއެންޑީއެފުން ބުނި ގޮތުގައި ގދ. މަޑަވެއްޔަށް ވެސް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެންބޮޑުވެގެން އެމްއެންޑީއެފުން ވަނީ ފެން ހިންދައިފަ އެވެ. 

ކުރިއަށްއޮތް 24ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ބުނެފަ އެވެ. 
އަދި އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް ވަނީ ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;