މިހާތަނަށް އާސަންދައިގެ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ދެވޭނީ ހަމައެކަނި ރާއްޖެއިން ލިބެން ނެތް ފަރުވާތައް ހޯދުމަށެވެ.
'ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު' އަށް ބަދަލު ގެނެސް އަލުން އާއްމުކުރި އިރު ރާއްޖެއިން ބޭރަށް އާސަންދަ އެހީ ދޭ ގޮތްތަކަށް ވަނީ ބަދަލު ގެނެސްފައެވެ.
ގަވައިދުގައި ކުރިން އޮތް ގޮތުން ރާއްޖެއިން ބޭރަށް ދެވޭނެ ހާލަތްތައް
ގަވައިދަށް އިތުރުކުރި މާއްދާ
މީގެއިތުރުން ރަށްތަކުން މާލެ އައިސް ބޭރަށް ފަރުވާއަށް ގޮސް އަންނަ މީހާ އެންބުރި ރަށަށް ދަންދަން އާސަންދަ އެހީ ދިނުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ގަވައިދުގައި ވަނީ ދެވޭނެ އިތުރު ފަރުވާއެއް ނެތްކަމަށް ކަމާއި ބެހޭ ހާއްސަ ޑޮކްޓަރުން ލަފާ ދިނުމަށްްފަހު އެނބުރި ރާއްޖެ އަންނަންް ނުވަތަ ފަރުވާ ނިންމުމުަށްފަހު އެނބުރި ރަށަށް ދަންދަންވެސް އާސަންދަ އެހީ ލިބޭނެކަމަށްް 'ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު' އަށް ގެނައި އިސްލާހުގައިވެއެވެ.
އާސަންދަ ގަވާއިދަށް ބަދަލުތަކެއް ގެނެސްފައި މި ވަނީ އެންސްޕާއިން ދެމުން ގެންދިޔަ ބައެއް ހިދުމަތްތައް އާސަންދައަށް ބަދަލުކޮށްފައިވަނިކޮށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;