ads
އާރުޓީއެލް ފެރީއެއް
މ. އަތޮޅު މި މަހު އާރްޓީީއެލް ފެރީ ފަށަނީ
ހިދުމަތް ނުފެށެނީ އިނީ ކ، އއ، އދ އަދި ވ. އަތޮޅުގައި
މ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް މި މަހުގެ ފަހުކޮޅު ފެށުމަށް ނިންމައިފި އެވެ.
Advertisement

މި ހިދުމަތް ދެމުން އަންނަ އެމްޓީސީސީން މިހާރު އަންނަނީ ދަތުރުތައް ފެށުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައްވަމުންނެވެ. އެގޮތުން އާރްޓީއެލް ފެރީގެ ހިދުމަތަށް ހޭލުންތެރިކުރުވުމަށް މ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް، ޚިދުމަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް އަންނަނީ ބާއްވަމުންނެވެ.

އެމްޓީސީސީން ބުނީ އެ އަތޮޅަށް ހިދުމަތް ފަށާނީ މި މަހުގެ ފަހުކޮޅު ކަމަށެވެ.

ސަރުކާރުން އެންމެ ފަހުން އާރުޓީއެލްގެ ހިދުމަތް ފެށީ ލ. އަތޮޅުގަ އެވެ. އޭގެކުރީން ގިނަ އަތޮޅުތަކެއްގައި މި ސަރުކާރުން ވަނީ އާރުޓީއެލްގެ ހިދުމަތް ފަށައިފަ އެވެ.  

މ. އަތޮޅުގެ އިތުރުން ދެން މި ހިދުމަތް ފެށުމަށް ބާކީ އޮތީ ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ މި ނިޒާމުން ގުޅާލުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;