މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް) ޖެހިފައިވާ ބަޔަކު ފެނުނުކަމަށް އެޗްޕީއޭން ބުނީ މިިދިޔަމަހުގެ 13 ވަނަ ދުވަހުއެވެ.
އޭގެފަހުން މިހާތަނަށް މި ބަލި ޖެހިފައިވާ 11 މީހުން މިހާތަނަށް ފެނިފައިވާއިރު މިދިޔަ ހަފްތާގައިވެސް މި ބަލި ޖެހިފައިވާ ދެ މީހުން ފެނިފައިވާކަމަށް އެޗްޕީއޭއިން މިއަދު ވަނީ ބުނެފައެވެ. އަދި އެ ދެމީހުންވެސް ފެނުނީ މާލޭ ސަރަހައްދުންކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހިމަބިހިން ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް
ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ބައްޔެކެވެ. އެހެންނަމަވެސް 2023 ވަނަ އަހަރު ވެސް މި ބަލީގެ ކޭސްތަކެއް ވަނީ ރާއްޖެއިން ފެނިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;