ads
ބ. މާޅޮހުގައި ހެދި ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހުޅުވުމުގެ ތެރެއިން
ބ. މާޅޮހުގައި ހެދި ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހުޅުވައިފި
ބ. މާޅޮހުގައި ހެދި ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހުޅުވައިފިއެވެ.
Advertisement

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބ. މާޅޮހު ޕޮލިސް ސްޓޭޝަން ރަސްްމީކޮށް ހުޅުވާދެއްވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާނާއި ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދުއެވެ. 

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، މާޅޮހު ކައުންސިލުގެ ރައީސް މުހައްމަދު ތާރިގު އަބްދުއްރައްޒާގު ބައިވެރިވެޑައިގަތެވެ. 

މި ރަސްމިއްޔާތުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާއި ބ. މާޅޮހު ކައުންސިލުން ދިން އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުންވަނީ ދީފައެވެ. 

މާޅޮހު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާ މަސައްކަތް ފަށާފައިވަނީ 2025 އޮގަސްޓް 14 ވަނަ ދުވަހުއެވެ. މި އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއެވެ. މި އިމާރާތުގައި އިދާރީބަޔަކާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ.

މާޅޮހުގައި ފުލުހުން ގާއިމުވެ ހިދުމަތް ދޭން ފަށާފައިވަނީ 2024 ޖަނަވަރީ 27 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;