އެރަށުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާންއާއި، ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދުއެވެ.
މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، ފެރިދޫ ކައުންސިލު ރައީސް އަންވަރު ސާދާތުއާއި، ކައުންސިލު މެމްބަރުންނާއި އެމްޓީސީސީގެ މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
ފެރިދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. މި އިމާރާތުގެ ބިންގާއަޅައި މަސައްކަތް ފަށާފައިވަނީ 2025 އޮގަސްޓް 19 ވަނަ ދުވަހުއެވެ. މި އިމާރާތުގައި އިދާރީބަޔަކާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ.
ފެރިދޫ ޕޮލިސް ސްޓޭޝަން އާ އިމާރާތަކީ ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭ އިމާރާތްތަކަކީ ފުލުހުންގެ އަމިއްލަ އިމާރާތްތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވި ސްޓޭޝަނެކެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;