މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަކީ މާލީ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށާއި މާލީ ހިދުމަތްދޭ ފަރާތްތަކާ އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ މައުލޫމާތު ލިބިގަތުމަށް މަގުފަހި ކުރުމުގެ ގޮތުން އެމްއެމްއޭ އިން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އެމްއެމްއޭއިން ބުނީ، މި އަހަރުގެ އެކްސްޕޯގައި މާލީ އިދާރާތަކުން އާ ހިދުމަތްތަކާއި ޕްރޮގްރާމުތައް ތައާރަފްކުރުމަށް ރާވާފައިވާ ކަމަށެވެ.
އެމްއެމްއޭއިން ކުރި ޕޯސްޓެއްގައި ވަނީ ފައިނޭންޝަލް އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެކްސްޕޯގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެ ދުވަހުގެ ނިޔަލެވެ.
އެ އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި މި އެކްސްޕޯ ކުރިއަށް ދާނީ ޖުލައި މަހުގެ ދެ ވަނަ ދުވަހުން ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މީގެ ކުރިން ދެފަހަރެއްގެ މަތިން އެމްއެމްއޭ އިން ފައިނޭންޝަލް އެކްސްޕޯ ކުރިއަށް ގެންދިޔަ އެވެ. އެއީ 2015 އަދި 2017ގައެވެ. މި އެކްސްޕޯތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;