ads
ލަންދޫގައި ގިނަ ބަޔަކު ބަލިވާތީ ކޮވިޑަށް ޓެސްޓު ހަދަނީ
ނ. ލަންދޫގައި ހުމެއް ފެތުރި، ބަލިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ކޮވިޑާއި އިންފްލުއެންޒާއަށް ޓެސްޓުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާދީފިއެވެ.
Advertisement

ލަންދޫގައި ގަދަޔަށް ހުން އައުމާއި، ކެއްސުމުގެ އިތުރުން ބޮލުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަމުން އަންނަ މީހުންގެ އަދަދު އިތުވެފައިވާކަމަށް އެރަށުން ބުނެއެވެ. އަދި ފަހަކަށް އައިސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް ބޮޑު ތަނުން އިތުރުވެފައިވާކަމަށް އެރަށުން ބުނެއެވެ. 

ރަށުގައި ހުމާއި ރޯގާ އިތުވާން ފެށި ހައްޖު ދުވަހުން ފެށިގެންކަމަށާއި އެކަމުގެ ސަބަބުން މިހާރު ސްކޫލަށްދާ ދަރިވަރުންގެ އަދދުވެސް މަދުވެފައިވާކަމަށް ލަންދޫއިން ބުނެއެވެ. 

ބަލި ފެތުރެމުންދާތީ ސްކޫލް ބަންދުކުރަން ލަފައަކަށް އެދުމުން ރަށުގައި ކޮވިޑާއި އިންފުލުއެންޒާ ޓެސްޓް ހެދުމަށް އެޗްޕީއޭއިން ލާފާދީފައިވާކަމަށް ލަންދޫއިން ބުނެއެވެ. އެހެންކަމުން އެ ޓެސްޓްތައް ހަދަން ފަށަށް ތައްޔާރުވަމުން އަންނަކަމަށްވެސް އެރަށުން ބުނެއެވެ. 

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ދުވަސްވަރު ރާއްޖޭގައި ޑެންގީއާއި އިންފުލުއެންޒާގެ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. އަދި ދާދި ފަހުން ހިމަބިހި ރާއްޖއިން ފެނި އެ ބަލި ޖެހޭ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;