ads
ރައީސް ސާލިހް
އިޝާރާތްތަކަށް ޕީއެންސީ ދޫކޮށްލަން ތިއްބެވި މަޖިލިސް މެމްބަރުން އެބަތިބި: ސާލިހް
ތިން ރައީސުންގެ އިޝާރާތްތަކަށް ޕީއެންސީ ދޫކޮށްލަން ތިއްބެވި މެމްބަރުން މިހާރު ވެސް އެބަތިބި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހްއްމަދު ސާލިހް ވިދާޅު ވެއްޖެއެވެ.
Advertisement

ރައީސް ސާލިހް މިހެން ވިދާޅުވީ މާދަމާ ބާއްވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

ރައީސް ސާލިހު ރޭ އައްޑޫ ސިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ޕީއެންސީގެ މަޖިލިސް މެމްބަރެއް ގުޅުއްވައި އޭނާއާއެކު އިތުރު މެމްބަރުންތަކެއް ސަރުކާރު ޖަވާބުދާރީ ކުރުވަން ޕީއެންސީ ދޫކޮށްލަން ތައްޔާރަށް ތިބިކަން ހާމަކޮށްފައިވާކަމަށެވެ.

" އަޅުގަނޑަށް ދެ ދުވަސް ކުރިން ގުޅި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް. ތިމަންނައާ އެކީގައި އެބަ ތިއްބޭ މިތައް މިތައް މެމްބަރުން. މިއީ ހަމަ ސަރީހު ތެދު ވާހަކައެއް އަޅުގަނޑު މިދައްކަނީ. މިވަގުތުވެސް މިތިބީ ޕީއެންސީ ދޫކޮށްފައި ނިކުމެ މި ސަރުކާރު ޖަވާބުދާރީކުރުވަން މަސައްކަތްކުރަން ތައްޔާރަށޭ،" ސާލިހު ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެ މެމްބަރުން ތިއްބެވީ ތިން ރައީސުންގެ އިޝާރާތަކަށް ކަމަށެވެ. އަދި ތިން ރައީސުން އެދޭނެމަ އެ މެމްބަރުން ޕީއެންސީ ދޫކޮށް ނުކުންނާނެކަމަށްވެސް ސާލިހް ވިދާޅުވިއެވެ.

" އަޅުގަނޑު ކައިރީގައި ވިދާޅުވީ ތިމަންނަމެންނަށް ޔަގީންކަމެއް ތި ބޭފުޅުން ދެއްވަބަލާށޭ. އެ އިޝާރާތްކުރީ އަޅުގަނޑަށާއި ރައީސް ނަޝީދަށާއި ރައީސް ޔާމީނަށް. ތި ތިން ބޭފުޅުން މަސައްކަތްތަކެއް ފައްޓަވައިފީމެއްނޫންތޯ، ތިމަންނަމެން ޕާޓީ ދޫކޮށްފައި ނުކުތީމަ، ގޮނޑި ގެއްލުނީމަ އެ ގޮނޑި ތިމަންނަމެންނަށް ހޯދައި ދިނުމަށް އަޅުގަނޑުމެން ތިން މީހުން މިއަދު އެއްބަސްވިއަސް ވެސް ތިމަންނަމެން މި ތިބީ މި ސަރުކާރު ޖަވާބުދާރީކުރަން ނުކުމެ ތައްޔާރަށޭ،" ސާލިހް ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހަކީ ދެކޮޅު ނުޖެހޭ އިސްލާހެއް ކަމަށެވެ. އަދި އޭގެ ބޭނުމަކީ މެމްބަރުން "ތަޅު އެޅުވުން" ކަމަށާއި އެކަމާ ހެދި މެމްބަރުންނަށް މިނިވަންކަމާ އެކު އާއްމުންގެ އަޑު އުފުލޭކަށް ވެސް ނެތް ކަމަށް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;