ބީއެމްއެލްއިން ވަނީ ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ކޮންމެ މީހަކަށް މަހަކު ކުރެވޭ މުއާމަލާތްތަކުގެ އަދަދު 30 އަށް ލިމިޓްކުރުމާއެކު، މުޅި ރާއްޖެއަށް ދުވަހު ލިމިޓެއް ކަނޑައަޅައިފަ އެވެ. ޑޮލަރުގެ ތާށިކަމާ ހެދި އެޅި މި ފިޔަވަޅާއެކު، އެކި ހިދުމަތްތަކުގެ ސަބްސްކްރިޕްޝަންވެސް ނުދެއްކިގެން ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.
އެކަމާ ގުޅިގެން ބީއެމްއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސަބްސްކްރިޕްޝަން ޕޭމަންޓުތައް 'ޑެއިލީ ފޮރިން ސްޕެންޑް' ލިމިޓްގައި ނުހިމެނޭނެ ކަމަށާއި އެފަދަ ޕޭމަންޓުތައް މަނާކޮށްފައިނުވާނެ ކަމަށެވެ.
އެކަމަކު އެކި ސަބަބުތަކާ ހުރެ ބައެއް މީހުންގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް މާޗަންޓުން ޑިކްލައިންކޮށްފައިވާ މައްސަލަ ފާހަގަވެފައިވާ ކަމަށާއި އެ މައްސަލައަށް އެޑެންޓުވަމުން އަންނަ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ގިނަ ދިވެހިންނަކީ ރާއްޖޭން ބޭރުގެ އެކި ހިދުމަތްތައް ހޯދުމަށް ކޮންމެ މަހަކު ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކަމުން އަންނަ މީހުންނެވެ. ބައެއް މީހުންނަކީ އެއް ސަބްސްކްރިޕްޝަނަށް ވުރެ ގިނަ ސަބަސްކްރިޕްޝަނަށް ފައިސާ ދައްކާ މީހުންނެވެ.
މި ހަފްތާގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޭންކުގެ ލިމިޓްތަކަށް މި މަހުގެ ފަހުކޮޅުން ފެށިގެން "ވަރަށް ބޮޑުތަނުން" ލުޔެއް ދޭނެ ކަމުގެ އިޝާރާތް ބީއެމްއެލް އިން އެ މަނިކުފާނަށް ދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;