ads
އިރާން ގެ ޓީމުގެ ކުޅުންތެރިން -- ފޮޓޯ: ރޮއިޓާސް
އީރާން ފުޓްބޯޅަ ޓީމަށް އެމެރިކާއިން ވިސާ ދީފި
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފެށެން ފަސް ދުވަހަށް ވެފައިވަނިކޮށް، މުބާރާތުގައި ވާދަކުރާ އިރާން ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފިކަމަށް ވައިޓް ހައުސްގެ އިސް އޮފިޝަލަކު ބުނެފި އެވެ.
Advertisement

އަންނަ ހަފުތާގައި ފަށާ މުބާރާތުގައި އިރާން ޓީމުން، ގްރޫޕް ސްޓޭޖްގައި ކުޅޭ ހުރިހާ މެޗެއް ވެސް ކުޅޭނީ އެމެރިކާގެ ފަސްގަނޑުގަ އެވެ.

ވޯލްޑް ކަޕްގައި އިރާން ހިމެނުނީ ބެލްޖިއަމް އާއި މިސްރު އަދި ނިއުޒީލޭންޑާ އެކު ގްރޫޕް ޖީ ގަ އެވެ. ނިއުޒީލޭންޑް އަދި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗުތައް މި މަހު 15 އަދި 21 ގައި ކުޅޭނީ ލޮސް އެންޖެލިސްގަ އެވެ. އެއަށްފަހު، ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅޭނެ އެވެ.

ވައިޓް ހައުސްގެ އޮފިޝަލް ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި، މިއަދުގެ ވަގުތެއްގައި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވިސާ ހަމަޖައްސާދީފައިވާ ކަމަށެވެ. ނަމަވެސް އީރާންގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ ގައުމުގެ ޓީމުގެ ބައެއް ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންނަށް އަދިވެސް އެމެރިކާއިން ވިސާ ދޫކޮށްފައިނުވެ އެވެ.

ވޯލްޑް ކަޕްގައި އިރާން ބައިވެރި ނުވެދާނެކަމަށް ވެސް ކުރިން ބެލެވުނެވެ. އެއީ އެމެރިކާ އާއި އިޒްރޭލުން އިސްވެ ފެބްރުއަރީ 28 ގައި އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެންނެވެ. 

ވިސާގެ މައްސަލަތަކާ ހުރެ އީރާން ޓީމުން ވަނީ އެމީހުންގެ ބޭސް ކޭމްޕް އެމެރިކާގެ އެރިޒޯނާގެ ބަދަލުގައި މެކްސިކޯގެ ޓިޖުއާނާއަށް ބަދަލުކޮށްފަ އެވެ. އެއީ އެމެރިކާގައި ޓީމު ހޭދަކުރާ ވަގުތު ވީހާވެސް މަދުކުރުމަށްޓަކައި އީރާނުން ނިންމި ނިންމުމެކެވެ. 

އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕް ކުރިއަށްދާނީ މި މަހު 11 އިން އަންނަ މަހުގެ 19 އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;