"ކޮކްރޯޗް ޕީޕަލްސް ޕާޓީ" އިން ފުރަތަމަ ފަހަރަށް މަގުމަތީ ހަރަކާތައް ނިކުތީ އިންޑިއާގެ ބޮޑެތި އިމްތިހާނުތަކުގައި ފެންމަތިވެފައިވާ ސީރިއަސް މައްސަލަތަކާ ގުޅުވައިގެންނެވެ.
މި މުޒާހަރާއަކީ، މިދިޔަ މަހު އުފެއްދި ފަހުން އިންސްޓަގްރާމްގައި 22 މިލިއަނެއްހާ ފޮލޯވަރުން ހޯދާފައިވާ މި އޮންލައިން ހަރަކާތުން އާންމުން މަގުމައްޗަށް ނެރެގެން ބާއްވާ ފުރަތަމަ ބޮޑު އެއްވުމެވެ.
މި ހަރަކާތުގައި "ކުރަފި ޕާޓި"ގެ ބާނީ އަބީޖީތު ދިޕްކޭ، ވެސް ބައިވެރިވި އެވެ. ބޮސްޓަން ޔުނިވާސިޓީން ގްރެޖުއޭޓްވެ އެމެރިކާގައި އުޅޭ، އަދި ހޮނިހިރު ދުވަހު އެމެރިކާއިން ނިއުދިއްލީއަށް މި މުޒާހަރާ އަށް ދިޔަ އުމުރުން 30 އަހަރުގެ ދިޕްކޭ ބުނީ އިންޑިއާގެ ޒުވާނުން ދެން އެއްވެސް މީހަކުދެކެ ބިރެއް ނުގަންނާނެ، އެމީހުން ހަނގުރާމަކުރާނެ ކަމަށެވެ. އަދި ދިޕްކޭ ހުރީ އިންޑިއާގެ ސިޔާސަތުގައި ބޮޑު ދުވަހަކަށް ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަރުދާހުން ހަދާފައިވާ "ކުރަފި މާސްކް" އަޅައިގެން އަދި ލީފްލެޓްތައް ހިފައިގެން ތިބި މުޒާހަރާގެ ބައިވެރިން ވަނީ، އިމްތިހާނުތަކުގެ ޕޭޕަރު ލީކުވުމާއި ޓެކްނިކަލް މައްސަލަތައް ހިމެނޭހެން ހިނގައިދިޔަ ކަންތައްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރަ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައިފަ އެވެ.
މުޒާހަރާގެ ބައިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރިޝްވަނަތު ނަގައިގެން އިންޑިއާގެ ތައުލީމީ އިންސްޓިޓިއުޝަންތަކުގެ އިމްތިހާނުތައް ކަރުދާސްތައް ތަންތަނުގެ ވެރިން ލީކްކުރާ މައްސަލަތައް ފެންމަތިވަމުން ދިއުމެވެ.
މިއަދު އިންޑިއާގެ ސިޔާސީ ހަގީގަތް ގެނެސްދެނީ "ކުރަފި ޕާޓީ"! އިން ނެވެ. "ދަ ޓައިމްސް އޮފް އިންޑިއާ" ނޫހުގެ ރިޕޯޓް ކުރި ފަދައިން "ކުރަފިތައް... އެއްވެސް ބިރެއްނެތި ކޮންމެ ކަނަކުން ދެމިގަނޭ، އަދި ކިތަންމެ މަސައްކަތެއް ކުރިޔަސް އެ އެއްޗެހި ބޭރުކޮށްލުމަކީ އިންޑިއާގެ މުސްކުޅި ސިޔާސީން ނަށް އުނދަގޫ ކަމެ" ކެވެ.
މޯދީ ސަރުކާރުގެ ސީނިއާ މިނިސްޓަރު ކިރެން ރިޖީޖޫ ވަނީ، މި ހަރަކާތަކީ ޕާކިސްތާނުގެ އެހީތެރިކަން ހޯދަން އުޅޭ އަދި އިންޑިއާއާ ދެކޮޅު ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އިންޑިއާ ސަރުކާރުން ވަނީ މި ހަރަކާތުގެ އެކްސް އެކައުންޓް އެ ގައުމުގައި ބްލޮކްކޮށްފަ އެވެ.
އެކަމަކު "ޒުވާނުންގެ ފަރާތުން، ޒުވާނުންނަށްޓަކައި، ޒުވާނުން ހިންގާ ސިޔާސީ ކުރިމަގެއް" މި ޝިއާރު ބޭނުންކުރާ ސީޖޭޕީގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;