ރައީސް މިޔަގީންކަން ދެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކަތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސްގެ ޕޯސްޓްގައި ވަނީ ރާއްޖޭގައި ބޭނުންކުރާ ހުރިހާ ކާބޯތަކެއްޗަކީ ރައްކާތެރި، ފައިދާހުރި، އަދި އިތުބާރު ހުރި ތަކެތިކަން ކަށަވަރުކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާފަ އެވެ.
މިގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމާއި ކާބޯތަކެތީގެ ރައްކާތެރިކަން މޮނީޓާކޮށް ތަހުލީލު ކުރުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނަ ޣައްޒާ އާއި ދުނިޔޭގެ އެހެން ސަރަހައްދުތަކުގައިވެސް ރައްކާތެރި ކާބޯތަކެތިން މަހުރޫމްވެ ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން މަޖުބޫރުވެ ކާރިސީ ހާލަތްތަކުގައި ތިބި ހުރިހާ އެންމެންގެ މަތިން ހަނދާން ވެސް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ ގުޅިގެން އެފަދަ މައްސަލަތަކަށް ހައްލު ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައު މަސައްކަތް ކުރަން ގޮވާލައްވައި ރައީސް ވިދާޅުވީ ގުޅިގެން ކުރެވޭ މަސައްކަތްތަކާއި ވަރުގަދަ މިންގަނޑުތަކާއެކު ދުނިޔޭގެ ހުރިހާ އެންމެނަށް ވެސް ރައްކާތެރި މުސްތަގުބަލެއް ކަށަވަރު ކުރެވޭނެ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;