މިބަދަލާ އެކު މިއަދުން ފެށިގެން މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ބޯޓުތަކުން މިއަދުން ފެށިގެން ކަޅުބިލަ މަސް ކިލޯއެއް 18.50 ރުފިޔާއަށް ގަންނަން ވަނީ ނިންމާފަ އެވެ.
މިފްކޯއިން ބުނީ މި ބަދަލަކީ މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވަމުންދާތީ، މަސްވެރި އާއިލާތަކަށް މާލީ ގޮތުން ދަތިނުވެ، ހިފެހެއްޓުމެއް ފޯރުކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއްކަމަށެވެ. މި އަގާއެކު މިފްކޯއިން މަސް ގަންނަ އަގު މިހާރު ވަނީ އަމިއްލަ ކުންފުނިތަކުން (ޕްރައިވެޓް ސެކްޓާ) މަސް ގަންނަ އަގުތަކާ އެއްވަރުކޮށްފަ އެވެ.
މިފްކޯއިން މިދިޔަ އަހަރުގެ ފަހުކޮޅު ވެސް 18.50ރ. އަށް މަސް ގަތެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެޔޮ އަގުބޮޑުވުމާ އެކު، އެ ކުންފުނީގެ އޮޕަރޭޝަންތަކަށް އޭގެ ނޭދެވޭ އަސަރުކުރުމުން، މަސް ގަންނަ އަގު ދަށްކުރި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކަޅުބިލަ މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;