މި ސަރުކާރު ހިންގާ "އާއިލީ ބޯހިޔާވެހިކަން" ޕްރޮގްރާމުގެ ދަށުން ގޯއްޗާއި ފްލެޓަށް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި އެކި ސަބަބުތަކާއި ހެދި މިހާތަނަށް ތިން ފަހަރެއްގެ މަތިން ވަނީ މުއްދަތު އިތުރުކޮށްފައެވެ.
އެންމެފަހުން އިތުރު ކުރި މުއްދަތު އަންނަ ހޯމަދުވަހުގެ ނިޔަލަށް ހަމަވާނެއެވެ. އެންމެފަހުން މުއްދަތު އިތުރުކުރީ އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮތުމާއި ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާކަމަށް ބުނެ ގިނަ ބަޔަ ޝަކުވާ ކުރަމުން އަންނާތީކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ބޯހިޔާވަހިކަން ހޯދަން މި ފަހަރު ކަނޑައެޅި އާއްމު ޝަރުތަކީ މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުން ނަމަވެސް މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުލެޓަށް ހުށަހެޅޭ ގޮތަށް ބަދަލު ގެނައުމެވެ. އަދި އެ މީހެއްގެ ނުކުޅެދުންތެރިކަމަކަށް މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި ހިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް ފޯމު ހުށަހެޅޭނެ އެވެ.
މިހާރު ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން 7900 ފްލެޓާއި 1250 އަކަފޫޓުގެ ޖުމްލަ 15000 ގޯތި ދޫކުރާނެ އެވެ. ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;